Support Us

މިނާ ނާޅި

ކަނޑުގެ ރުޅިވެރިވެރި ބަސްތަކެއް ވާރޭ ވިލާޔަށް ރައްދުވީ
ދަނޑުތަކާ ގުލްޝަންތަކަށް ހަސަދައިގެ ތީރު އަމާޒުވީ

ބަލަ މަށާއި ފެނާރުތައް ފެން އާރުތައް ފެން ކޯރުތައް
އަލަމުގައި ލާ ނޭވައިންނެ ތިބާ އެނގޭ ހެ ވުޖޫދުވީ

އަހަރެމެންގެ ލެޔާ ދަލާ ނޫނީ ލޮލުގެ ހުރި ކަރުނަޔާ
ޖަހަޖަހައިގަނެގެން އެ ދިޔަ ރޯޅީގައޭ ތިޔަ ޚަލްޤުވީ

އޭގެ ސިއްރެއް ނޭނގުނަސް ހަމަ އުފެދުމާއެކު ފަޚްރުގައި
ލޭގެ ޤުރުބާނީން ކިތައް ބާޣު ހެ އުފެއްދީ ޖާދުވީ

ތިޔަ ޢިނާޔަތުގައި ޗަމަން، ބުސްތާނުތައް ހެއްވާލައޭ
ކިޔަކިޔާ އޮތަކަސް ދުނިޔެ ބަލަ ކިހިނަކުން ހެ އެކަން އެވީ

ދެއްވި ކީސާއެއް ޚަޒާނާއިން ބަހާން މާތް ރަސްކަލަކު
އެންމެނަށް އެ ބަހާލި މީހާ ހެއްޔެ ނަން އުފުލެން ހެވީ

ތިޔަ ކުރާ ބޭކާރު މިންނަތުގައި ތިބާ ދެކެ ނުރުހިގެން
ފިޔަ ޖަހާހާ ތަރިތަކާ ހަނދުވެސް ވަކިވެ ގޮސްފައްޔެ ވީ

ކޮންކަމެއް އެދިގެން ހެ ބަލަ ދިރުމެއް ނުވާ ސަހަރާބިމަށް
ކޮންމެހެން ފިތި މަރުވެގެން ހޭދަވެދަނީ ތިޔަ ކަރުނަވީ

އުސްވެ މައްޗަށް އެރިވަރެއް ތިރި ގެއްލިދާކަމުގައި ބުނޭ
އަސްލު އެހެނެއް ނޫން ދަރަޖަ ހަމަޔަސް ހަސަދަވެރި ލޯ ކަނޭ

ބުލްބުލެއްގެ ގޮވާލުމެއް މާތަކުގެ ފޮނި ހިނިތުންވުމެއް
ގުލްޝަނެއްގެ ނަށާލުމެއް އިޙްސާސްކުރަން ވެސް ނުމެދަނޭ

ގަސްގަހުން މާ ފަރިވެލުން ވަސްމީރު ފޮނި މޭވާއައުން
ރަސްކަމެއް ރިޒުޤުގެ ފެށުން ދަސްވާނެ ހޭ ހިތް މަންމަނޭ

މަރުވެފައިވާ ބިންތަކަށް އަހަރެންގެ ރޫޙުން ރޫޙުދީ
މަރުވެގެން މި ދަނީ ކިހައި ހެޔޮކަން މަތީ، ވިސްނައިގަނޭ

ދޫނިތައް ތަސްބީޙަކިޔަނީ ދަނޑުފަނގުން ތަކުބީރު އިވެނީ
މޫނު އަލި ހިތްތައް އެ ރޮއިލީ މި ފަދަ ނާޅިން ދެން މިނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *