Support Us

ދެމޫސުން ބެދޭއިރުގައި

ދެމޫސުން ބެދޭއިރުގައި ނަގައި ދަނޑިފަށް ވަރަށް ދިގުވާނެ
އެނޫން މޫސުން ތަކަށްވުރެ ކަނޑުގެ އޮއެވަރު މާބޮޑަށް ގަދަވާނެ

ޖެހޭވައިގާ ދަމާ ވަ ވޮޔާ ދިމާ އިދިމަތި ކަނޑުގެ ރާޅާ
އެނގޭ މޮޅު ކެޔޮޅަކަށް ނޫނީ ދެވޭ މިސްރާބުވެސް އޮޅިދާނެ

އުތުރު ކާލާ ދެކުނު ކާލާ ދެ މުރިނގާ އަދި ގަހާ ތަރިޔާ
އުޑުގެތަރިޔާ ނަކަތް ނޭނގޭ ކެޔޮޅު ލައިގެން ފުރަން ނުމެވާނެ

ކަނޑަށްދަތުރަކު ފުރާއިރުގައި ބަލަންވީ ކަންކަމަށް ނުބަލައި
ނަގަން އެކިވަރު ރިޔާނެތްނަމަ އަމާން ބަނދަރެއް ނުވެސްހިފިދާނެ

ނަގައި ކޮޅިގަނޑު ހަލާއިރުގައި ޖަހާ ވިއްސާރަދުނި ދަށުގައި
އަރައި ގަދަ ފަދަ ނަގޫ ރޯޅިން ވަޔާ އޮޑިގަނޑު ކެތެއް ނުމެވާ

"ޖަހާ ކެރިބުޑު ދެ މޫސުމުގައި" ގަހާ މުރިނގަށް ބަލައިލީމާ
ނަގާ ކޮޅިގަނޑުގެ ވައި ހުރިވަރު އެނގޭ ކެޔޮޅެއް ކަމަށް ވާންވާނެ

ދިމާ އިދިމަތި ވަޔާއެކުގައި ދެކަނި ހަމަޔަށް އަޅައި ގޮސްފައި
ހިފާ ބަނދަރަށް ފަނާ ލިޔަކަސް ހިފާނެކަމެއް ޔަގީން ނުމެ ވާނެ

ފަނާ ހަރުލައި ގަލެއް ނެތުމުން ކަހާލައިގެން އޮޔާ ދެމެމުން
ނަގަން ރިޔަލެއް ނެތީވިއްޔާ ފަރަށް އޮޑިގަނޑު އަރައިވެސްދާނެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *