ހާލިތައް ދޫކޮށް ނިކުމެ މިއަދުގެ އުފާ ހިއްސާ ކުރާން
ޗާލު ފަރި ނެށުމުން ފެށީ ކުދި ދޫނިތައް ހަރަކާތް ކުރާން
ތަރިތަކުގެ ލޯ ހުޅުވަމުން ސީދާ ވެލާ ގޮތަކުން ނަޒަރު
ފަރިވަނީހެން ހީވެޔޭ ދިވެހީންގެ މިބިމަށް ތިރިކުރާން
ރަސްމުވާ މޫސުމްގެ ޝަރަފާ ހައިބަތުގެ ގަދަރަށް ޓަކާ
ގަސްގަހުން މާތައް ފެށީ އާ އަސްރަކަށް އަދު ފަރިކުރާން
އުދުހެމުން ޖައްވުގެތެރޭ ދާ ކުލަވިލާތައް ސަފުސަފަށް
އަދު ހެމުން މި މުނާސަބާ ގައި މަޑުވެލީ ފައި ހަމަކުރާން
ފިރުމަމުން ކުދި ރާޅު ކަނޑުގައި ހުދުފޮނުން ހިނިތުންވަމުން
ފިރުކިލީ ދީބުގެ އޮމާން އައްސޭރި އަށް އަދު ގޮނޑުކުރާން
ކާއިނާތުގެ މޫނު ފޮޅިލީ ޒާރުގައި ހިނިތުން ވަމުން
ހާއުފާވެރި އައި ދިވެހި ގައުމީ ދުވަސް ފާހަގަ ކުރާން
އުދަރެހުން އުތުރުގެ ދެތިން ތަރި ދެއްކި އަލި ރޯޝަން ޒަމާން
އަދު ނިކަން ޝައުގާ އެކީ ހިތްތައް ފެށީ ޛިކްރާ ކުރާން
