
ގުގުމާނެހެން މުޅި އުންމަތަށް އިއްވާށިޔޭ ޤައުމީ ނިދާ
ނުގުޑާނެ ފަދަ އަޒުމާއެކީ މި ބިމަށް ޓަކައި ވާށިޔެ ފިދާ
ބޮޑުތަކުރުފާނުގެ ފަސްގަނޑޭ، ބަޠަލުންގެ ލޭ އޮހޮރުނު ބިމޭ
ގޮނޑުދޮށްތަކުން ކަނޑުފަޅުތަކުން އިއްވާށިޔޭ އަބަދީ ނިދާ
ދުޝްމަން ވެގެން އައި ފުށެތިކާލުން ބޭރުކުޅަހެން އުންމަތުން
ފުށަތުން ފޮޅައި ވިހަ ބާރުތައް ފުނޑުފުނޑުކުރާށިޔެ ނަން ވެދާ
ހުޅިލައި ނަގައި އައި ރާޅު ފަދަ ހޮޅި ދުޝްމަނުން ބަލިކުޅަ ފަދައިން
މުޅި އުންމަތުގެ ހައްގަށް ޓަކައި ވާށިޔެ ހިތާ ނަފުސުން ފިދާ
ޤައުމީ ސަފުން އައު ޖޯޝުގައި ޤައުމީ ލެޔާއެކު ކަޅިވަމުން
ޤައުމަށް ޖެހޭ އާފާތްކާ ބިރުފިލުވަމުން ދާށިޔެ ތަދާ
ސުލްހައިގެ މާތައް ފޮޅުވަމުން ތާހިރު މި ބިންތައް ދިރުވަމުން
ޞުލްޙައިގެ އަބަދީ ދަންމަރުން ދިއްލާށި މި ވަޠަން ތަރި ވިދާ
ވިދުވައި ކަރާމާތް އިއްޒަތާ ގައުމީ ސަލާމަތު ރަމްޒުކޮށް
ދިދަތައް މި ޤައުމުގެ ޝަރަފުގައި ވިހުރާށިޔޭ ފެހިރަތްހުދާ
