"މި ޤައުމު ހަލާކުކޮށްލީ ޙާކިމުން ޝަރްޢީ ނުބައި ހެދިގޮތް"
މިމާތް ޝަރްޢީ ޙުކުމް ނެރެ "މާރުކޭޓަށް ވިއްކުމުން" ވީގޮތް
ކަމެއްގައި އެއްކަމެއްގައި "ތިން އަގެއްގައި ތިން ޙުކުމް ކުރުމާ"
ބިރެއް ނެތް ޙާލުގައި ރިޝްވަތު ނަގައިގެން ތިބެ ޙުކުމް ކުރި ގޮތް
ނުބައި އެކި އެކި ޖަރީމާ ހިންގި އެކި އެކި ޚާއިނުންނަށް ވެސް،
ބުނާ ޢަދަދެއް ދިނީމާ "ސާބިތެއް ނުވެޔޭ" ޙުކުމް ކުރި ގޮތް
ވަކިން ވަކި ފަރުދަކާ މެދު ހުށައަޅާ މަސްއަލަ "ބިޑަށްލާފައި"
މަތީ އަގު ހުށައަޅައިފި ފަރާތަކަށް ނިންމައި ދެމުން ދިޔަ ގޮތް
ނުބައި އަނިޔާތަކާއި ޒަޚަމްތަކާ ކަތިލުން އިތުރު މިވަނީ،
ނުބައިކޮށް ޢަދުލު އިންސާފުގެ ޙުކުމް ކުރަމުން އެ ގެންދާ ގޮތް
ތަނެއްގެ ހަލާކު ކުރިމަތިވާން ދިމާވާ އެންމެބޮޑު އެއްގޮތް،
ނަމެއްގައި ޙާކިމުން ތިބެގެން ނުޙައްގު ޙުކުމް ކުރާ ގޯސް ގޮތް
ސަތޭކަ ސަތޭކަ އިސްލާމީ ތަނެއްގައި އޮތް ޝަރީޢަތުގައި
ސަތޭކަ ޕަސެންޓު ޢަދުލެއް ނެތުމަކީވެސް އެންމެ ބިރުވެރި ގޮތް

One Response
ހަތިފުށީ ޝާކިރަށް ހަމަ އައްސަރިބަހާއި ސާބަސް. ކަން އޮތް ގޮތަށް ހަމަ ސީދަލަށް ސާދާ ބަހުން ތިޔަ ހާމަކޮށްދެއްވީ ކަން އޮތް ގޮތް. މިއީ އަޅުގަނޑު ޝުކުރިއްޔާ ދަންނަވާ ގޮތް.