Support Us

ބޭނުންވަނީ ކޮންގޮތެއް؟

ބޭނުމީ ދުނިޔޭން އަރާމާ ލައްޒަތާ މަޖަލާ އުފާހޭ
ބޭނުމީ މަޙްޝަރު ބިމުން އުފަލާ އަރާމާ ދިންނެވުންހޭ؟

ބޭނުމީ ދުނިޔޭގެ އެކި ބާވަތުގެ ކެއުމާ އަދި ބުއިންހޭ
ބޭނުމީ ސުވަރުގެ ތަކުން މޭވާތަކާ ކިރުތަށި ތަކެއްހޭ؟

ބޭނުމީ ދުނިޔޭގެ ޝަރަފާ އިއްޒަތާ ފިނިކޮޓަރިތައްހޭ
ބޭނުމީ އަރްޝީގެ ހިޔަލުން ފިނިކަމެއް އެބިމުން ލިބުންހޭ؟

ބޭނުމީ ދުނިޔޭގެ މުދަލާ އަދި އަނބީންނާ ޚާދިމުންހޭ
ބޭނުމީ ސުވަރުގެތަކުން ހޫރުންގެ ހިދްމަތްތައް ލިބުންހޭ؟

ބޭނުމީ ދުނިޔޭގެ ޕާކުތަކާއި ދޮންވެލި ބީޗުތައްހޭ
ބޭނުމީ އެތަނުގެ ދަށުން ފެންއާރު ދެމިދާ ގަނޑުވަރެއްހޭ؟

ބޭނުމީ ދުނިޔޭން ލިބޭ ވަސްމީރު ސެންޓާ އަތަރުހޭ
ބޭނުމީ ކަސްތޫރި ވަސްދޭ ސުވަރުގޭ ދާންމަތިކޮޅެއްހޭ؟

ބޭނުމީ އުދުހެން މިދުނިޔޭ ޖައްވުގައި އުޅެލައި ހަދަންހޭ
ބޭނުމީ ސުވަރުގެތަކުން އުދުހެން ބަގީޗާގައި އުޅެންހޭ؟

ބޭނުމީ ދުނިޔޭގެ ރަށްވެހިކަމުގެ އަލިގަދަ މަގުތަކެއްހޭ
ބޭނުމީ ބިރުވެރި ޞިރާޠުމަގުން ލިބޭނެ އަމާންކަމެއްހޭ؟

ބޭނުމީ މަތިވެރި ރަސޫލާވެސް ގަބޫލުނުކޮށް އުޅުންހޭ
ބޭނުމީ މަޙްޝަރު ދުވަހު އަރިހުން ޝަފާޢަތް ހޯދުމަށްހޭ؟

ބޭނުމީ މަޙްޝަރު ބިމަށް ގެންދަން ރަނގަޅު ހެޔޮ އަމަލުހޭ
ބޭނުމިއްޔާ ވާށެ ތަޤްވާ ވެރިޔަކަށް މީ ބޮޑުކަމެއްހޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *