ހުއްޓި މަގޭ ހިތް ވިންދު އަވަސްވީ
ތާރީފުން ފުރިގެން ބަންޑުންވީ
މިސްރާބުން ކެހިގެން މަގުއޮޅުނީ
ފަތްމިނި ފެނިގެން ހައިރާންވީ
ޅެންވެރިޔަކު ދުށް ކުލަހުވަފެނެކޭ
ނޫންނަމަ އޭ ފަހެ އަލިމަހެކޭ
ފޮޅެމުންދިޔަ ނަލަ ފިނިފެންމަލެކޭ
ލޯބިވެރިންނަށްދިން ހަނދުވަރެކޭ
ފަރިހިނގުމެއްގައި ދުރުވީވީހެން
އަހަރެންގެ ލޮލުން ކެހެމުން ދިޔަހެން
ފަސްއެނބުރި ބަލާލިތަނާ ހީވީ
އަހަރެންގެ ހިތަށް ކަށްޓެއް ހެރިހެން
ޖާދޫގަރެކޭ ހަރަކާތްތަކުގައި
ޖިސްމުން އުފެދޭ ބަނޑިލުންތަކުގައި
ހާދަތަދެއް ހަމަ އުފެދޭ ހިތުގައި
ދާނެ ހަކީމެއްވެސް ނެތް ހިނދުގައި
ގާތުންލާފައި ދިޔަހިނދު ބެލުނޭ
މުޅިވެށި އެކުގައި ސެންޓުން ފުރުނޭ
މޭގައި އަތްލާ ފިއްތާލެވުނޭ
އަމަށުން އޮތްތޯ ހިތްވެސް ބެލުނޭ
އެކުވެރިޔާ ބުނެލިޔެ އަންނާށޭ
ލަސްވެއްޖޭބަލަ ފައިބާށޭ
ލިފްޓަށްއެރިއިރުވެސް މަހުރީ
ފުންކޮށް ކަމަކާ ވިސްނާށޭ