Support Us

ހޯލިކޮޅު

ޅަ އުމުރު މަ ހޭދަކުރީމެ ފިނި ވައިރޯޅިޔާއެކު ނެށުމުގައި
ޅަކަމާ ޅަނދޮޅުކަމުގައި، ދެކޭ ލޯތައް އުފާކޮށްދިނުމުގައި

އަހަރެންގެ ރޫބައިގައި ހިމޭން ވައިރޯޅި އަޅުވާ މިޔުޒިކުން
އެހި ކޮންމެ ކަންފަތަކާ ހިތެއް އެ ޣަރާމުގައި ވިޔެ ގެނބުމުގައި

ހިނިތުންވިޔޭ މާތައް އިސާހިތު ޖައްވު ހުވަނދުންފުރުވަމުން
ފޮނި ރާގުތައް ގުގުމާލިއޭ ބުލްބުލް މިނެއް ނެތި އައުމުގައި

އަހަރެން ބުނީމޭ މާތަކަށް މެހުމާނުނީ ދަތުރުގެމަތީ،
ބަހަމުން ހިނގާބައެކޭ އެތައް ހަދިޔާތަކެއް ހެޔޮއެދުމުގައި

މާތަކުގެ ދީލަތި ދިނުމަކީ، ރަހަމީރު ފޮނި މޭވާތަކޭ
ގާތަށް އުފުލުނޭ ދެން އެތައް ގިނަ އަތްތަކެއް ލިބިގަތުމުގައި

ހުވަފަތް ޅަދަރިމައިން ކޮނޑުމަތީ އުފުލާ ފަދައިން އެތަކެއްދަރީން
ދުވަހެއް އެއީ ބުރަތައް އުފުލި ތުޙުފާ ބަހައިދޭން ވެދުމުގައި

މި ބިމުގެ ވުޖޫދުން ފެނިލުމަށް ޤުދުރަތު މަށަށް ދިންފުރުޞަތުން
މި ބިމުގެ ތިބީންނަށް މި ޚިދުމަތް އަހަރެން ހުރީމޭ ދިނުމުގައި

ވާރޭ ވިލާ ދޭ ފެން ފޮދެއް، އިރު ހަނދު ހިލޭދޭ އަލިކަމެއް
ބާރެއް އެ ނޫނީ ހަމަ ނެތޭ މި ފިދާތަކާ ދިރިހުރުމުގައި

އަހަރެން ނެށިން، މަ ޣިޒާ ބެހިން، ލަވަޔާއި މިޔުޒިކު ކުޅެދިނިން
އަހަރެން މިބިމުގެ ތިބީން ދުށިން އެދުވަހު އެތިބަ ފެންބޮވުމުގައި

އަނަރޫފަކަން ލިބި ގޮސް ބިމަށް ވެއްޓެން ޖެހުނު ދުވަހޭ މިއީ
ފެނިގެން އެކަކު ވެގަތޭ އަވަސް، އެކަމަކު މުޅޯއްޓަށް މަ ލުމުގައި

ދެން ވެސް މަ ދޫކުރުމެއް ނެތޭ އެއުރެންގެ ނަފުސުގެ އެދުމުގައި
ފެންނަންފެށީ އުނދުނޭ މިހިނދު ނިމިދާންޖެހޭ ގަދަ އެނދުމުގައި

މި ކަހަލަ ބައެއް މިސްކީނު އިންސާނުން ޙަޔާތުގެ ދަތުރުގައި
ބިކަޙާލުގައި ނޫޅޭނެ ހޭ؟ އަހަމޭ މި ޅެން ގޮސް ނިމުމުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *