ރުހެންޏާ މީހަކާ މެދުގައި ރުހެން ވަކި މިންވަރެއް ވިސްނާތި
ބުދެއް ދިނަކަސް ރުހޭމީހާ ބުދަށް އަޅުކަން ކަލޭ ނުކުރާތި
ކަނޑަށް އެރުނަސް ނަގަން ފަހަތުން އެދޭނަމައީ އެރޭ އިރުގައި،
ފަތަން ނޭނގޭ ކަމަށް ވަންޏާ ކަލޭ ގެނބިދާނެކަން ވިސްނާތި
އުޑަށް އެރުމަށް އެހެން ފުމުނަސް އުޑާހަމަޔަށް ނުފޯރިއަކަސް
އުޑަށް ނޭރޭނެކަން ދެނެގެން އުޑަށް އެރުމަށް ކަލޭ ނުފުމޭތި
ގަހަށް އެރިޔަސް އަރަން ފަހަތުން ހިފަން ގޮތްޕެއް ނެތީވިއްޔާ
ގަހަށް އެރުނަސް ގަހުން ފޭބޭނެތޯ ނުބަލައި ކަލޭ ނާރާތި
ތަނެއްގެ ހަލާކު ކުރިމަގުގައި ވެދާނޭ ކަންކަމާ މެދުގައި
ކަމެއްގައި އުޅުނަކަސް އެކަމާ ކަލޭ ބައިވެރި ވެގެން ނޫޅޭތި
ވިދާހައި ކޮންމެ އެއްޗެއް އަދި "ރަނޭ ހީކޮށް" ކަލޭ ނޫޅޭތި
އިތާގެ ބަނޑުން ވިހޭހައި އެއްޗަކީ "މުތަކަށް" ކަލޭ ނުބަލާތި
އަތަށް ލައިގެން ގޮހޮރު ކާންދީ ހަދައިގެން އޮޅުކުރާ "ކަޅު ވެން"
އަތާއެކު ގޮހޮރުގަނޑުވެސް ކައިނުލާނެ ކަމަށް ޔަގީން ނުކުރާތި
