ދިވެހި މި ފަސްގަނޑުން ޖަހަމުންދާ މިނިވަންކަމުގެ ވިންދަކަށް ބަދަލެއް ނާންނަ ކަމަށާއި ހެލިކޮޕްޓަރެއް، ޑޯނިޔާއެއް، ރާޑަރެއް ބެލުމެއްނެތި މިޤައުމުން އިންޑިޔާ ސިފައިން ނުބާލާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައި ކުރީގެ ހޯމް އެފެއަރޒް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިލިޓަރީ ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުއްލަވާ އެކަކީ އުމަރެވެ. އުމަރަކީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ލީޑަރެކެވެ.
އުމަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ދިވެހި ރާއްޖޭގައި މިއޮތް އެމްޑީޕީއާ ޕީޕީއެމްގެ ސިޔާސީ ސިސްޓަމް ބޭރުން އައިސް 2023 ގެ އިންތިހާބް ކާމިޔާބު ކުރައްވާނެއެވެ.
އުމަރުގެ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި، އިންޑިއާ ހެލިކޮޕްޓަރުގެ ފޮޓޯއެއް ޖެއްސެވުމަށްފަހު އޭނާ ވަނީ ގައުމީ ރޫހުގެ ބަސްކޮޅެއް ލިއުއްވާފައެވެ.
2 Responses
Umarah.saabahay india ge alhuvethi kameh baanumeh noon varah saafu.magumachah ves nukunnanvee rayyathun. Maruhabaa umaru…
India vegen ne noon eves bayaka mi Qaumge ma’cha basnukiyene India ge ma’cha dhivehin ves bahe nukiyan mee minivan Qaume