Support Us

ޓްރަމްޕް ފަރުވާ އަށްފަހު އެނބުރި ވައިޓްހައުސްއަށް

ތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ކުރެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވައިޓް ހައުސްއަށް ވަޑައިގެންފިއެވެ.

"މިހާރު އަހަރެން ރަނގަޅު، އަދި ފަހަރެއްގައި މިހާރު އަހަރެންނަށް ދެން އިތުރަށް މި ބައްޔެއް ނުޖެހޭނެ،" ޓްރަމްޕް ވައިޓް ހައުސް އަށް ވަޑައިގަތުމަށްފަހު ވިދާޅުވިއެވެ.

ޓްރަމަޕްގެ ހާލުކޮޅު މިހާރު ރަނގަޅު ނަމަވެސް، އެހެން މީހުންނަށް ޓްރަމްޕްގެ ފުށުން ބަލިޖެހިދާނެކަމުގެ ބިރު އެބައޮތެވެ. ނަމަވެސް ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު ބެލްކަނީގައި ހުންނަވާ، ފޮޓޯ ނެންގެވުމަށްޓަކައި މާސްކް ވަނީ ނަންގަވާފައެވެ.

ޓްރަމްޕުގެ ހާލުކޮޅު އަދި އެއްކޮށް ރަނގަޅުނުވާ ކަމަށް ޓްރަމްޕުގެ ހާއްސަ ޑޮކްޓަރު ޝޯން ކޮންލޭ ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕުގެ ފަރުވާ ދެން ކުރިއަށްގެންދާނީ އޭނާގެ އިތުރުން ވައިޓް ހައުސްގެ ސިއްހީ މާހިރުންނެވެ.

"ކޮވިޑް ދެކެ ބިރުގަންނާނެ ކަމެއް ނެތް. މުޅި ދިރިއުޅުމަށް ކޮވިޑުގެ ބިރާ ހެދި އަސަރު ކުރުވިޔަނުދޭތި،" ޓްރަމްޕް އިއްޔެ ޓްވީޓްކުރެއްވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި މީގެ 20 އަހަރުގެ ކުރީގެ ހާލަތަށް ވުރެ މިހާރުގެ ހާލު މާ ރަނގަޅެވެ. އަދި "ކެމްޕެއިނަށް ވަރަށް އަވަހަށް އެނބުރި ނިކުންނާނަން" ކަމަށްވެސް ޓްވީޓް ކުރެއްވިއެވެ. ނަމަވެސް ޔޫ.އެސްގެ ޕަބްލިކް ހެލްތް ގައިޑްލައިންސްގައި ވާގޮތުން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފަށާތާ 10 ދުވަސް ވަންދެން އެހެން މީހުންނާ އެކަހެރިވާނެ ޖެހެއެވެ.

ޓްރަމްޕް ވައިޓް ހައުސް އަށް އެނބުރި ވަޑައިގަތުމާ ގުޅިގެން އިދިކޮޅު ޕާޓީގެ ލީޑަރު ވަނީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް