ނަބަވީ ނޫރު
ރާގަކީ: ބަހާ ރޯން ޕޫލު
ވިދާލާ ދޯދި މާތް ނަބަވީ، ޒަމާން ލޯބިން ފުރާލާދޭ
ހިދާޔަތުގައި މި ބިން ފަރިވީ، ބަޔާން މި ފަޒާ ކިޔާލާ ދޭ
ހަނދާ ތަރިތަކުގެ އަލިކަން ވެސް ނުފޯރާ ބަނަ ޒަމާނެއްގާ
އަނދާ ހަސަދައިން އެކީ ހިތްތައް، މުޅިން ހުލި ކޮށްލި ޙާލެއްގާ
ނިދާ ތިޔަ އާންމު ކޮށްލެއްވީ، ދެ ދުނިޔޭން ހެޔޮ ބަޝާރަތުދީ (ޙަޔާތަށް ހެޔޮ ބާޝާރަތުދީ)
ސަލާމުގެ ހާރުތައް ޞަލަވާތްތަކާ ލޯބިން ވެދުން ކުރަމޭ
މަލާމެލި އެންމެހާ ވަސްމީރު އެކަމަށް އަދި އަރިސް ކުރަމޭ
ފަލާޙާ ކާމިޔާބުގެ ކޮންމެ ރޮނގަކަށް ތިޔަ އިޝާރަތު ދޭ (ނަސީބުގެ ފަހި އިޝާރަތުދީ)