Support Us

އުފަންވެވަޑައިގަތުން

ކައު މާތް މުޙަންމަދު މުޞްޠަފާގެ ވިލާދަތުން – ރައުނަޤުވެލައިފި މި ކައުނު ސާފު ހިދާޔަތުން

ރުޅި މޫނުގައި ވީ ދުނިޔެ ކިބުރުގެ ތަޚްތުގައި – މުޅި ޢާލަމަށް ހީނލައިފި އޭގެ ރިޔާސަތުން

ކުފުރުގެ ނުބައި ހިރަފުސް ވުޖޫދު މި ހަޑިކުރާ – ދެފުށުން ފޮޅަން ފައްޓައިފި ތެދުވެ ޒަމާންއަތުން

އިންސާނިޔަތު ހައިރާންވެ ނުހަނު ސަމާލުގައި – ދިން ކަންފަތެއް، އިއްވައިލި ޚާއްޞަ ބަޝާރަތުން

ހިލަހިލަގަނޑަށް އަޅުވެތިވެފައިވީ އަޅުތަކުން – ދިލެމުން ލޮލާ ހިތް ހުޅުވިލައިފި އެ ދަޢުވަތުން

ކިހިނެއް އޮތީ އަނިޔާގެ ގޮށްމުށުގައި ޒަމާން – އޮހިގެން އައީ އަމްނާއި ސިލްމު ޢަދާލަތުން

ކަނޑިތައް ވަނީ ދަނޑިވަޅަކަށޭހަމަ ބަލަބަލައި – ކެނޑުމަށް އެ ހުރި ބޯތައް ފަހުންވި ސަލާމަތުން

ކުލަޔާ ޤަބީލާޔަށް ފަޚްރުވެރިވުން ކޮބާ؟ – އިލައެއް ފަދައިން އަޅިޔަށް އެ ވެއްޖެ އިސާހިތުން

ދިރިތިއްބައޭ އަންހެންދަރީން ވަޅުލީ ހެމުން – ކުރި ކުށް މަނާވެވި ޙައްޤު ދީފި ޟަމާނަތުން

ދޮން އަނގުރު އަލިފާން އަނދައަނދާހުރި ހިތްތަކުން – ފުން ވިންދުތައް ލޯބިން ޖަހައިފި އުޚުއްވަތުން

ފެންކަޅިވެ ލޯތައް ދެން ރަޙްމު ދިރިގެން އައިސް – އެންމެންގެ ނަފްސު ފުރައިފި ސާފު މުޙައްބަތުން

މި ބިމާ ފަޒާ މުޅި ކާއިނާތު މި އުފަލުގައި – ތިބެ އިއްވަނީ ޞަލަވާތް ސަލާމެ ދެތުންފަތުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *