ވެދުމާ ސަލާމުގެ މި ހާރު މުތުން
އަތުން ގެތެނީ ޝުކުރުވެރިވަމުންނެ ހިތުން
އެދުރުންގެ ދުވަހަށް މި ޚާއްޞަ ގޮތުން
އެދި ދެންނެވުނު މީ ތަހުނިޔާ މި ގޮތުން
ޚިދުމަތުގެ ޤަދަރު އުފުލޭނޭ
ވިދަމުން ތަރިހެން ދިއްލޭނޭ
ވެދުމާއި ސަލާން ފޮނުވޭނޭ
އެދުރުންގެ ޝަރަފް ދިރުވޭނޭ
އެދުރުންގެ ޤައުމީ ޝަރާފަތުގައި
ދިދަ ގައުމިއްޔަ އުފުލޭނެ ރީތި ގޮތުން
ހުރުމަތުގެ ޢަބީރީ ދަސްތާ
ކުރަނީ މިއަރިސް އަދު ހިއްސާ
ފުރުސަތުގެ މި ކުލަނަލަ ޖައްސާ
ފުރަމުން މި ވެދުންތައް އޮއްސާ
ކުރުނީސް ވެވޭނޭ ހަތަރުދަމުގައި
ދުރުވުން ނެތް ގުޅުން ބަދަހިވީމި ގޮތުން
ހިތްތިރިކަމުގައި އެ ވަރެއް ނެތް
ކެތްތެރިކަމުގައި ދެ ގޮތެއް ނެތް
ހިތްވަރު ނޫނީ ދީފައި ނެތް
ހިތްހެޔޮކަމުގައި އެ ވަރެއް ނެތް
ހިތްވަރު ދެމުން ދަރިވަރުން އަދުގައި
ޝުކުރޭ ދަންނަވާނީ މި ސާފު ހިތުން
