Support Us

ޒަމާނީ ހަދިޔާ (1)

"ޔޫސުބަށް ދޭންބޭނުމޭ އިސްޕީޑު ލާންޗެއް ތިޔަ ގެޔަށް
މޫސުމަށް ހުރިހާ ނުހަނު ބޭނުންވެގެންވާނޭ އެޔަށް

ރަށްރަށުން މުދަލާއި މީހުން އުފުލުމަށް ފަހިވާ ގޮތަށް
ލައްކަ ފަހި ދަތުރެއް ވެވޭނޭ ރާޅަށާ ބަލަމުން ވަޔަށް

ހާލު ބޮޑު ބަލި މީހުނާ އަދި ނުކުޅެދުންތެރި މީހުނަށް
ފާލަމެއް ކަމުގައި ވެދާނޭ އެންމެނަށްމެ ފަސޭހަޔަށް"

"ހަމަ ހިލޭ ތިޔަ ފަދަ އެހީއެއް ދޭން ހިތަށް އެރިކަން އެއީ
ހަމަ ޔަގީން ހެޔޮ ޢަމަލަށް ވާނޭ ވެވޭ ދޮން މޫސަޔަށް"

"ހެޔޮ އެދޭ އެކުވެރިކަމުގެ ރަމްޒެއް ކަމަށް ވާނޭ މިކަން
ހެޔޮއެދުން ފިޔަވައި އެހެން އެދުމެއްނުވޭ ލިބިގެން މިޔަށް

ލާންޗުގައި އެ އުޅޭ ދެ ތިން ބޮނދުން އުޅޭނޭ އުޅަނދުގައި
ކާން  އެސޮރުމެންނަށް ނަގުދު ދޭންވާނެޔޭ ކެއުމާ ސަޔަށް"

"އަޅުގަނޑުގެ އެ ބަތިބި އެކަން ކުރެވޭ ވަރުގެ ފިރިހެން ދަރީން
ފަޅުވެރީންނާ ކައްޕިއެއް ނުވެޔޭ މަށެއް ބޭނުން އެޔަށް"

"ނޫނެކޭ ފުރަތަމަ އަހަރު ތަމްރީނު ދޭން ބޭނުންވެޔޭ"
ދޫނުކޮށް ޔޫސުބުގެ އެދުމަށް ރައްދު ދޭން ފެށި، ބައިބަޔަށް

ލާންޗު ގެނައީ ނަން ޖަހައިގެން ޔޫސުބަށް ކަމުދާ ގޮތަށް
'ޗާންދު' ވީ ކަމުދާ ނަމެއް ކަމުގައި އެގޭ އަނބި އައިސަޔަށް

ޔޫސުބަށް ދަތުރެއް ކުރަން ބޭނުން ވިޔަސް ޖެހެޔޭ އަހަން
މޫސަ ނޫން މީހެއްގެ ބާރެއް ނިހިނގަޔޭ އަމުދުން އެޔަށް

މޫސައަށް ބޭނުންވެގެން ނޫނީ އެ ލާންޗެއް ނުފުރަޔޭ
ޔޫސުބޭ ކުރަނީ ޚަރަދު ފަޅުވެރި ކުދީންނާ ކައްޕިޔަށް

ކަންހިނގާ ގޮތް ކަމުނުގޮސްގެން ލާންޗު ގެންދާން އެންގުމުން
އަންތަރީހުގެ ރައްދެކޭ އޭނާ ދިނީ ޔޫސުއްބެޔަށް

މީގެ ސަބަބުން ދާއިމީ އެކުވެރިކަމާ ރައްޓެހިކަމޭ
އޭގެ ފަހުގައި ކެނޑި ދިޔައި، މިތުރުންގެ ގުޅުމޭ ހާމަޔަށް

ޢިބުރަތޭ "މާޒީ" ގެނެސްދިން ހާދިސާއިން ފެންނަނީ
އިނބުރެމެން ވިސްނައިހަދާނަމަ ޖެހިނުލައި ދަރުސުގެ ފެޔަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *