އެކިއެކި ޚިޔާލާ ފިކުރުތައް އެކި ސިކުނޑިތައް ހުޅުވައިދެޔޭ
އެކިހެކިތަކުން އެކި ފިކުރުތައް ވިއްކައި ހަދާން ބުނެވެސް ދެޔޭ
ހަމަތައް ގަބޫލު ތިމާ ކުރާ، ނޫނީ ގޮތެއް ދުނިޔޭ ތެރޭ-
ހަމަ ނެތްކަމަށް ގަދަބަސް ބުނާނަމަ ޖާހިލެއް ކަމުގައި ވެޔޭ
މެރިގެން ދެލޯ ދާފަދަ ހުތުރުބަސްތައް ދުލުން ގިނަ އަމުނަމުން
ގެރި… ގެރިޒުވާބު ކުރުން އެއީ ޢިލްމީ ގޮތެއް ނުމެ ނޫން މެޔޭ
ޙުއްޖަތްތަކާއި ދަލީލުތައް ދައްކައި ރިވެތި ވީ ބަސްތަކުން
ޙުއްޖަތްތަކެއް ޤާއިމުކުރާ ނަމަ، ޙިކުމަތެއް ކަމުގައި ވެޔޭ
އަނެކާގެ ވާހަކަ އަޑުއަހައި، އަނގައިން ލަފުޒު މަދުކޮށްލަމުން
ދަނެގެން މިކަން، ހަނުހުރުމަކީ ހެޔޮ ޢަމަލަކަށް ހަމަ ވާނެޔޭ
ގަދަބަސް ބުނީމާ ޝަޚުޞުމަތިވެރިއެއް ނުވޭ… އަގުވެއްޓެނީ!!
ޤަދަރޭ ކުރަންވީ ގިނަ ޚިޔާލަށް ސިކުނޑި އެ ކަމުން ހުޅުވެޔޭ
އަބަދާއަބަދު "މާޒީ" މި އިއްވާ ހެޔޮބަހާ ހަމަ އެއް ގޮތަށް
ޢަބްދުލްޢަޒީޒުގެ އަމަލުތައް ބައްޓަންކުރަން ވިސްނާނެޔޭ