ޙަމްދާ ޘަނާ ދެންނެވުމުގައި މި ހިތަށް އުފާ ލިބެމުންދަނީ
ވިންދާއި ރޫޙު މި އަސަރުގައި ތާޒާވެގެން ދިރެމުންދަނީ
يا ربنا يا ربنا غيثا مغيثا اسقنا ..
يا حي يا قيوم يا قدوس يا ذي الكبرياء
ތަރިހަނދުގެ ނޫރަން ވިދުމުގައި ފަރިމާމެލާމެލި ފޮޅުމުގައި
ފުރިހަމަ އެ މަންޒަރު، ލޯތަކަށް މަރިޔާދުކަން މި ދެމުންދަނީ
ވާރޭގެ މަޑުމަޑު ވެހިލުމުން، ވައިރޯޅި ދޭ ލުއި ބީހުމުން
ފޫދޭ އެ އަޑު ކަންފަތްތަކަށް ރާގެއް ހިމޭން ކުޅެމުންދަނީ
ކަނޑުފަޅުގެ ރިޒުޤު ތިޔާގިކަން، ދަނޑުފަނގުގެ ރޯދި ފަސޭހަކަން
ކުޑަވެސް ލަހެއް ނެތި ދޫތަކަށް، ރާޙަތު އަބަދުމެ ދެމުންދަނީ
ނިޢުމަތްތަކުގެ ޢަދަދެއް ނެތޭ، ރަޙްމަތުގެ މިވެނި މިނެއް ނެތޭ
ނިއުޅޭ ހިތާ މި ސިކުނޑިތަކަށް، މި ޙަޤީޤަތޭ ފިނިކަންދެނީ