މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ގެނެވިފައިވާ ބަދަލުތައް އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޢާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ޚާއްޞަކުރެވިފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ. މި ނަންބަރުގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރެވެ.
މީގެ އިތުރުން، ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅުއްވުމަށް ޚާއްޞަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ކަމުގައި ދަންނަވަމެވެ. މި ނަންބަރުގެ ޚިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ.
އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވީމާ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.



advertisment

