Support Us

ގަރުބަ

ރާގު: ގުޒުރާ ހުވާޒަމާނާ އާތާނެހީ ދޮބާރާ

ބަރުބާދުވާ ފަސާނާ ތަރުތީބު ރީތި ލައްވާ ގަރުބައިން ނަޖާ ކުރައްވާ
+++++++

ބަސްތީގެ ރީތި ގަސްތައް މިލަމުން މިހިރަ ދަނިއްޔޭ
މަސްރަޙުގެ އަލި އުޖާލާ މަންޒަރު ބަދަލު ވަނިއްޔޭ
ފަސްދީ އެދިޔަ ޒަމާނުން -2
ރިހުމެއް އުފައްދަނިއްޔޭ
ގަރުބައިން ނަޖާ ކުރައްވާ -2

ރޯޝަންވި ރަން އަލީ ގައި ޠޯހިރުވި ދޮންވެލީ ގައި
ފޯދުނު އެ ޒާރު ބިމުގައި އޯގާވެ ހެދި ކުރީގައި
ލޯބީގެ އުސް އެ ކިއްލައިން- 2
ކުރިބޯށި ތިރި ވަނިއްޔޭ
ގަރުބައިން ނަޖާ ކުރައްވާ -2

ދައްކާލުމުން ބަހާރުން ފަރިޔަށް ފޮޅުނު އެހާރުން
ޝައްފާފު ހިތުގެ އާރުން ފެންދިން އެ ގުލްހަޒާރުން
ކައްފާރަ ވެސް ނުވާހެން -2
ވަސްމީރު ނެތިދަނިއްޔޭ
ގަރުބައިން ނަޖާ ކުރައްވާ -2

ތަރި ހަނދު ވިލާ ފަޒާގައި ބޮސްދިން އަމާން ހަވާގައި
މަރިޔާދު ހިތުގެ އުޑުގައި ފިޔަޖެހި އެ ލޯބި ދަމުގައި
ތަރިތަކުގެ ރީތި އަލިކަން – 2
ނެތި ފަނޑުވަމުން ދަނިއްޔޭ
ގަރުބައިން ނަޖާ ކުރައްވާ – 2

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *