އަސްތާ މި އޮތީ ދުވަހެއްތާއޭ، ބަސް ބުނި މީހާ ގޯހޭ މި ވަނީ
ފަސްގަނޑު ދަށް ހަނދުމައިގައި ނެތުމުން ދެން އެ ކިޔާ ހަމަ އޯކޭ! އޯކޭ؟
ބަސްތާ ގުނަމުން، އޮޅުވައިލައިގެން އަލުވި، ފިޔާ، މުގު، ހިންދީ ކިރަނީ
ދަސްވާ އެއްޗެއް ވިކުރައިގައި ނެތުމުން އެ ގޮވައިލާ އޯކޭ! އޯކޭ؟
އައްސުން ފޭރުނު އެއްބަނޑު ދައިތާ ގޯތިން ކައިގެން ބަނޑުހައި ފިލަނީ
ކަސް މޫނުން ނުނަގާ ނަމަ ހެވިފައި، ހޭ ތަ ބުނާ ހަމަ، އޯކޭ! އޯކޭ؟
ރަސްކަން، ވެރިކަން، ވަކަރާ ހަމަކޮށް، މާވަޑިޔާ ހެދި ހޯދަން އުޅެނީ
އަސްދޫނި ވިލާތަކު ވަރަ އަޅުވައި ދާއިރުވެސް ހަމަ އޯކޭ! އޯކޭ؟
ހަސްފަސް ނެތިގޮސް ހެޔޮ ތަހުޒީބާ، ޢިލްމާ ޡުލްމާ އޮޅިގެން އެދަނީ
އަސްތަޣުފާރުގެ ކަލިމަ ހަނދާނުން ކެހިގެން ގޮސް ގޮވި އޯކޭ! އޯކޭ؟
އަސްތާ މިއޮތީ ދުވަހެއްތާއޭ، ބަސްބުނި މީހާ ގޯހޭ މިވަނީ
ފަސްގަނޑު ދަށް ހަނދުމައިގައި ނެތުމުން ދެން އެ ކިޔާ ހަމަ އޯކޭ! އޯކޭ؟
