Support Us

ނޭޕާލްގައި ފެންބޮޑުވި ސަރަހައްދެއްގައި ހަލާކުވެފައި ހުރި އިމާރާތެއް ޗެކްކުރަނީ

ނޭޕާލް, ޗައިނާ ކުއްލި ފެންބޮޑުވުން- މަރުތައް ހާހަކަށް، މީހުން ހޯދުން އަދިވެސް ކުރިއަށް

ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރަށް މި ދިޔަ ބުދަ ދުވަހު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގައި މަރުވެފައިވާ ހާހަކަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ.

ނޭޕާލުން ބުނީ، ގަނޑުފެނުގެ ކޯރެއް ފައިބައިގެން ގޮސް، ކޯރެއް ބެދި، އެއަށްފަހު އެ ކޯރުގެ ފެން ކުއްލިއަކަށް ބަންޑުންވެގެންދިއުމުގެ ސަބަބުން ނޭޕާލުގައި މަރުވި މީހުންގެ އަދަދު މިހާރު ހުރީ 1،114 ގައިކަމަށެވެ. އަދި ގެއްލުނު މީހުންގެ އަދަދަކީ 2،916 ކަމަށެވެ.

ޗައިނާއިން ބުނީ ބޯޑަރުގައި އޮންނަ ޗައިނާއިން ހިފައިފައިވާ ޓިބެޓުން މިހާތަނަށް 16 މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށާއި ގެއްލުނު މީހުންގެ އަދަދަކީ 546 ކަމަށެވެ.

ނޭޕާލުގެ އަސްކަރިއްޔާއިން މިހާރު ދަނީ ފެނުން ކަރަންޓު އުފައްދާ އިންޖީނުގެތަކުގެ ބިންގަރާސް މަގުތައް ޗެކްކުރަމުންނެވެ.

"ހަފުތާއެއްވި ނަމަވެސް ބައެއް މަސައްކަތްތެރިން އަދިވެސް ދިރިތިބޭނެކަމާމެދު އަހަރެމެންގެ ޔަގީންކަން ވަރަށް ބޮޑު. ސަބަބަކީ އެ މީހުންގެ އަތުގައި ބޯފެނާއި ކާބޯތަކެތި ހުރުމުން،" ނޭޕާލްގެ ހަކަތައާ ބެހޭ އިދާރާގެ ބޯޑްގެ މެންބަރެއްކަމަށްވާ އަމްހްސޫ ކިރަން ޝާހީ ބުންޏެވެ.

މީހުން ހޯދުމުގެ މަސައްކަތަށް އެ ކަމަށް ތަމްރީންކޮށްފައިވާ ސްޕެޝަލިސްޓުން ޗައިނާ، އިންޑިއާ އަދި ދެކުނު ކޮރެއާއިން ދަނީ ނޭޕާލަށް ފޮނުވަމުންނެވެ.

"މިއީ އިންސާނީ ހަލޯރަތަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ،" ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް ވިދާޅުވިއެވެ.

ނޭޕާލުން ބުނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތަށް ފަސް ބިލިއަން ޑޮލަރު (77.25 ބިލިއަން ރުފިޔާ) ބޭނުންވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. މިއީ އެ ގައުމުގެ އަހަރީ އުފެއްދުންތެރިކަމުގެ 10 ޕަސެންޓެވެ.

ޓިބެޓަށް ލިބުނު ގެއްލުން ޗައިނާއިން އަދި ހާމަނުކުރެއެވެ. ނަމަވެސް ބުނީ ލިބުނު ގެއްލުމަށް ރިލީފެއްގެ ގޮތުގައި 32.7 މިލިއަން ޑޮލަރު (505.21 މިލިއަން ރުފިޔާ) ހަރަދުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް