ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 1،200 ކިލޯވޮޓުގެ އައު ޖެންސެޓެއް ފެނަކައިން އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް ގެންދިއުމުގެ ކުރިން ހަނިމާދޫ އިންޖީނުގޭގެ ކެޕޭސިޓީއަކީ 3،500 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާއެކު، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 4،400 ކިލޯވޮޓަށް މަތިވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
"މި ޖެންސެޓް އޮޕަރޭޝަނަށް ގެނައުމާއެކު، ޕީކް ގަޑިތަކުގައި ދިމާވާ ލޯޑު ބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބި، ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ފުރިހަމަވެގެންދާނެއެވެ." ފެނަކައިން ބުނެއެވެ.



advertisment

