ފައިދާ ހުރި މަގު ކޮށިއްޖެ ބައިނާޅިން ކަން މިނިއްޖެ
ހައިޖާނުން މިންޖު ވެއްޖެ އައި ނައިތަން ވެސް އެނގިއްޖެ
ދެ އިރު ދެދަޅައަށް ފެނިއްޖެ ތިން އިރު ހަމަޔަށް ކެވިއްޖެ
އެއިރު ހަނދާން އައުމެ ވެއްޖެ ބިންބި ދޮނަޅަ އަދު ފިލައްޖެ
މަސްލަހަތުގެ ނަން އަރާއްޖެ ރަސްމަތިފުށް ފާޅުވެއްޖެ
އަސްލާ ނަކަލާ އެނގިއްޖެ އަސްލަށް އިސްކަން ދެވިއްޖެ
ގިރާގިރުން ގިނަމެވެއްޖެ ހިރާސްކަމުގެ ބޮޑުމެ ވެއްޖެ
ކިރާއި ޝަރުބަތު ބޮވިއްޖެ ބިރާހުގައި މޭވިިރިއްޖެ
އުދާހުގައި ހިތް މިލައްޖެ މުދާތަކުން ބަރާވެއްޖެ
ހުދާއި ކަޅު އަދު އޮޅިއްޖެ ރުދާފަ ކަންކަން ވެވިއްޖެ
ފުރާޅު ޓިނު ބަދަލުވެއްޖެ މުރާދުތައް ވަޅުލެވިއްޖެ
ތުރާތަކާ ލާމެހިއްޖެ ކުރާ އަސަރު ހާމަވެއްޖެ
ވޭނުން ގިސްލައި ރޮވިއްޖެ ރޭވުންތައް ފޭލިވެއްޖެ
ފޭނުވެ ދުރު ގާތްވެއްޖެ ބޭނުންތައް އިތުރުވެއްޖެ
