ލޯބީގެ މާރުކޭޓަށް އަހަރެން ލޮލެއް ނުވިއްކަން
ލޯބީގެ ނީލަމެއްގައި ދުވަހަކު އަގެއް ނުދައްކަން
ކުލަވަރުތަކެއްގެ ވިދުމުން ބަދަލެއް ހިތަށް އައިސްގެން
ފިޔަވަޅުތަކެއްގެ ހިލަމުން ޚަލަލެއް މެޔަށް ގެނެސްގެން
ދިލަ ހޫނު ކަރުނަ ލޮލުގާ އުފެދުނުފަހުން ނުގޮސްގެން
ވިޔަފާރިއެއްގެ ފޮލައެއް ދުވަހަކު މަށެއް ނުކައްކަން
ޝަރުބަތުގެ ކޫޒު އެކުރާ ދަހިވެތިކަމުގެ ރުމޫޒަށް
ކަރުގަނޑު މަލުން އެ ފަތުރާ ކެހިވެރިކަމުގެ ނުފޫޒަށް
ތަރިތައް ވިދާ އުޖާލާ ރޭގަނޑު އެކަނި އުސޫލަށް
ފަހަރެއްގަވެސް އެމަސްތުން އަހަރެން ކަރެއް ނުހިއްކަން
