Support Us

ސާކުން ބޭއްވި ތަދުތައް ކުޑަކުރުމާ ގުޅޭ ވޯކްޝޮޕު ކާމިޔާބު: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސާކުން ބޭއްވި ތަދުތައް ކުޑަކުރުމާ ގުޅޭ ވޯކްޝޮޕު ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ސާކް-އޭއޭ 2026″ ކޮންފަރެންސްގެ ރަސްމީ ޕްރީ-ކޮންފަރެންސް ވޯކްޝޮޕް، މި މަހު 14 ގައި ކާމިޔާބުކަމާއެކު ބޭއްވުން މިއީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.

"އެޑްވާންސްޑް އިންޓަވެންޝަންސް އިން ކްރޮނިކް ޕެއިން މެނޭޖްމަންޓް"ގެ ނަމުގައި ކުރިއަށްގެންދެވުނު މި ވޯކްޝޮޕަކީ، ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުންނާއި ސަރަހައްދީ ސިއްހީ ހިދުމަތްތެރިން އެއްތަނަކުން ބައްދަލުވެ، އަމަލީ ތަޖުރިބާއާއި އިލްމު ހިއްސާކުރުމަށް ފުރިހަމަ ފުރުސަތެއް ފަހިވެގެންދިޔަ ހަރަކާތެކެވެ. މި ވޯކްޝޮޕްގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިގުމުއްދަތަކަށް ވޭން ތަހައްމަލުކުރަމުންދާ ބަލިތަކަށް ފަރުވާދިނުމުގައި ގެންގުޅޭ ޒަމާނީ އުކުޅުތަކާއި، ބަލިމީހުންގެ ހާލަތަށް ހާއްސަ އިސްކަމެއްދީގެން ފަރުވާ ދިނުމުގެ ނިޒާމުތަކުގެ އިތުރުން، މި ދާއިރާއަށް ތައާރަފުވަމުން އަންނަ އައު ޓެކްނޮލޮޖީތަކުގެ މައްޗަށެވެ." ޓްރީ ޓޮޕުން ބުނެއެވެ.

"ދުނިޔޭގެ ފެންވަރުގެ މާހިރުންނާ ސީދާ މުއާމަލާތުކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިޔަ މި ވޯކްޝޮޕްގެ ސަބަބުން، ދެކުނު އޭޝިއާ ސަރަހައްދުގެ ސިއްހީ މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ މަގު ފަހިވެ، ކްލިނިކަލް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ."

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރީދަރް ޖީ ވިދާޅުވީ، މި ވޯކްޝޮޕް ބޭއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ޞިއްޙީ ދާއިރާގެ ކުރިއެރުމަށާއި، ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މިފަދަ ގުޅުންތަކަކީ ނުހަނު މުހިންމު ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ހަރަކާތަކީ ރާއްޖޭގައި މިގޮތަށް ބޭއްވުނު ފުރަތަމަ ކޮންފަރެންސް ކަމުގައިވާ، އއ. އުކުޅަހުގައި ބޭއްވި "ސާކް-އޭއޭ 2026″ ކޮންފަރެންސަށް މަގުފަހިކޮށްދިން މުހިންމު ފެށުމެކެވެ. މީގެ އިތުރުން، މިއީ އައު އީޖާދުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށާއި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާގެ ފަންނީ ކުރިއެރުން ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ޚާއްޞަ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ." އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *