Support Us

ވަންހަނާ މިޔުޒިކު

ރޭގަނޑެއްގެ ހަމަހިމޭންކަމެއްގެ ތެރެއިން އަހަރެން ތިބާ ދުށީމެވެ.

މަޑުވެ ތެމާވެފައިވާ ޖައްވެއްގެ ތެރެއިން ޖެހުނު ވައިރޯޅިއެއް ފަދައިންނެވެ.

އެހިނދު އަހަރެންގެ ހިތަށް ޠޫފާނީ ކޮޅިގަނޑެއް އައެވެ.

އޮޔާނުދާ އެންމެ އެތިކޮޅެއްވެސް ނަފުސުގައި ނެތެވެ.

ހަށިގަނޑުގެ ނާރުތަކާ ވިންދުތަކެވެ. އިޙުސާސްތަކާ ޝުޢޫރުތަކެވެ.

މާސިންގާ ރާޅުތަކުގެ ހުޅިމަތީ ދެވުނީ ފޮނި އެހެނަސް ހިތި މާޒީއެއްގެ އައްސޭރިއަށެވެ.

ރިނދަލިތަކާ އުފުލިފައިވާ މުރަކަތަކާ އަހަރެން ސުވާލުކުރީމެވެ.

ރަތްވިލާގެ ދަޅަތަކާ ރިހިދޯދިތައް ކުރެން ވެސްް އެހީމެވެ.

ބުންޏެވެ.

"ކޮންމެވެސް އިންސާނަކާ ގުޅިފައިވާ ހަނދާންތަކެއްގެ މަޒާރެއް ހުއްޓެވެ. މިހާރު އެތަން ގިރާ ތުނޑީގެ ފަސްބައިގެތެރޭ ވަންހަނާ ވެއްޖެއެވެ."

އަހަރެން ސަރިންދާގެ މިޔުޒިކާ ސުވާލުކުރީމެވެ.

ތިޔަ އޮއްސަމުންދާ ރާގުތަކުގެތެރޭގައި އޭނާގެ ހިތުން އަހަރެންގެ ހިތަށް އިއްވި ރާގުތައް ކޮބައި ހެއްޔެވެ؟

ބުންޏެވެ.

އެއީ "މާމުޔަށްވުރެވެސް ފޮނި ރާގުތަކެކެވެ. އެކަމަކު އަހަންތިބި މީހުންގެ ހިއްސުތަކަށް ތުރާކަމުން އެފިތްތަކާ ކުޅެންނުކެރެނީއެވެ."

އަހަރެން ގަލަމުގެ ތުނޑާ ސުވާލުކުރީމެވެ. އެލޮބުވެތި ޢިބާރާތްތަކަށް ވީކިހިނަކުން ހެއްޔެވެ؟

ބުންޏެވެ.

ކަރުދާހުގެ ފަތްފުށްތަކެއްގައި ލިޔުމުގެ ނަސީބެއް ނުލިބުނެވެ.

ވީމާ، ހިތުގެ ނާރުތަކުގައި ލިޔެލީއެވެ. ޒަމާނުގެ އަނިޔާއަށް ބިރުންނެވެ.

ހެނދުނުގެ ފިނިކަމާ ރޭގަނޑުގެ ސިއްރުކުރެންވެސް އެހީމެވެ.

ބުންޏެވެ.

އެއީލޯބީގެ ތަސްބީހައެކެވެ. ރޫޙާނީ ބައްދަލުވުމެކެވެ.

މާއްދިއްޔަތަށް ބިރުން އަހަރެން ފަރުދާވެ ނިވައި ވީއެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *