Support Us

އެމް.ޕީ.އެލް އިން ރަސްފަންނުގައި ހެދި ފާޚާނާބަރި ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ފަރާތުން ރަސްފަންނުގައި ހެދި ފާޚާނާބަރި ނިންމައި، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ރަސްފަންނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން ފާޚާނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު މުޢީނެވެ. މިނިސްޓްރީގެ ފަރާތުން ފާޚާނާބަރިއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ.

އެމް.ޕީ.އެލް އިން ބުނީ މި މަޝްރޫޢަކީ ހައުސިން މިނިސްޓްރީގެ އެދުމަކަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެއް ކަމަށެވެ.

އެމް.ޕީ.އެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ މި ފާޚާނާބަރި ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ. ދެ ފާޚާނާއާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާޚާނާބަރި ހަދައިފައިވަނީ ވީލްޗެއަރގައި އުޅޭ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.

"އެމް.ޕީ.އެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަންކަމުގައި ބައިވެރިވުމަކީ މިކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *