Support Us

ހާން ޔޫނިސް ސިޓީގައި މާމުއި ކުޅަނދުރު ގެންގުޅުމުގެ މަސައްކަތްކުރަނީ

ގައްޒާގެ ގާފުނިތަކުގެ ތެރެއިން މާމުއި ކުޅަނދުރު އަލުން "ދިރުވުމުގެ" ހިތްވަރު

އިބްރާހީމުލްދަބާ ހުރީ ސުންނާފަތިވެފައިވާ ގައްޒާ ސިޓީގެ، ހަނގުރާމައިގައި ހަލާކުވެފައިވާ އިމާރާތެއްގެ ފުރާޅުމަތީގައެވެ. މާމުއި ކުޅަނދުރު ގެންގުޅޭ އިބްރާހީމުލްދަބާ، މާމުއި ހަތާ ލައިފައި ހުންނަ ފޮށްޓެއް މަޑުމަޑުން ނެގިއެވެ. އެ ވަގުތު އޭނާގެ ވަށައިގެން މާމުއި ކުޅަނދުރުތައް ބުރުޖަހަން ފެށިއެވެ.

"މާމުއި ކުޅަނދުރަށް ބޭނުންވާނީ ގަސް. އަހަރެމެން މާމުއި ކުޅަނދުރު މި އާލާކުރަނީ ގާފުނިތަކުގެ ތެރޭގައި،" އޭނާ ބުންޏެވެ.

ދެ އަހަރު ވީ ގައްޒާ ހަނގުރާމައިގެ ފަހުން އާމްދަނީ އަލުން ހޯދުމަކީ ގައްޒާގައި މާމުއި ކުޅަނދުރު ގެންގުޅޭ މީހުންނަށް ހަމައެކަނި މާމުއިއާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. އެއީ މާމެލާމެލިން މޭވާ އަޅުވަން މެދުވެރިކޮށްދޭ "ޕޮލިނޭޓް" ކުރުމުގެ ނިޒާމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އެއް ސޫފި ކަމަށްވާ މާމުއި ކުޅަނދުރު ރައްކާތެރިކުރުމުގެ މަޝްރޫއެކެވެ. ދަނޑުގޮވާންކުރާ ބިންތައް ހަލާކުވެފައިވާ ހާލުގައެވެ. އިސްރާއީލުގެ ބޯޑަރު ކައިރީގައި ހުރި އެ މީހުންގެ ދަނޑުގޮވާންކުރާ ބިންތަކާ ގުޅުން ކެނޑިފައިވާ ދަނޑިވަޅެއްގައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން މާމުއި ކުޅަނދުރު ގެންގުޅޭ މީހުން ގާތްގަނޑަކަށް 30،000 ހަތާ ގެންގުޅުނު ކަމަށް ދަނޑުވެރިކަމާ ބެހޭ އިންޖިނިއަރު އަދި މާމުއި ކުޅަނދުރު ގެންގުޅޭ ރާތިބު ސަމޫރު ބުންޏެވެ.

ރާތިބު ސަމޫރު

މާމުއި އުފެދޭ މިންވަރު ވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި މަދުވެފައެވެ. މީގެ ކުރިން 400 މެޓްރިކް ޓަނުގެ މާމުއި އުފެދުނުއިރު މިހާރު އުފެދެނީ އޭގެ ދެބައިކުޅަ އެއްބައެވެ. ސަބަބަކީ މާމެލާމެލި ފޮޅޭ މޫސުމަށް މޫސުމީ ބަދަލުން އަސަރު ކުރީމައެވެ.

ފަހްދުލްދަހްދޫހު

މާމުއި އުފެއްދުންތެރިކަން ދަށަށް ދިއުން

ގައްޒާ ހަނގުރާމަ ވެގެންދިޔައީ މާމުއި ސިނާއަތަށް ވަކިން ބޮޑު ގެއްލުމަކަށެވެ.

ހާން ޔޫނިސް ސިޓީގައި އަންހެނަކު މާމުއި ކުޅަނދުރު ގެންގުޅުމުގެ މަސައްކަތްކުރަނީ

ސަމޫރަކީ މާމުއި ކުޅަނދުރު ގެންގުޅޭ އަދި މާމުއި އުފެއްދުމަށް މަޝްހޫރު މީހެކެވެ. އޭނާ އަންދާޒާކުރާ ގޮތުގައި ގައްޒާގައި މިހާރު ހުރީ ގާތްގަނޑަކަށް 700 ހަތާއެވެ. މިހެންވެ އަދަދު އިތުރު ކުރުމަށް މާމުއި ކުޅަނދުރު ގެންގުޅޭ މީހުން ދަނީ ހަތާތައް ބައި ކުރަމުން އެހެން މީހުންނަށް އެ ބައިކުރި ހަތާތައް ފޯރުކޮށްދެމުންނެވެ.

ސަމޫރު ބުނީ މާމުއިގެ އުފެއްދުންތެރިކަން މިހާރު ހުރީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި ވަރުގެ އެންމެ 10 ޕަސެންޓް ވަރުގައި ކަމަށެވެ.

ހާން ޔޫނިސް ސިޓީގައި މާމުއި ކުޅަނދުރު ގެންގުޅުމުގެ މަސައްކަތްކުރަނީ

ގައްޒާގެ ގިނަ ނޭބަހުޑްތައް ވަނީ އެއްކޮށް ސުންނާފަތިކޮށްލައިފައެވެ. މިހެންވެ، މާމުއި ކުޅަނދުރު ގެންގުޅޭ މީހުން ދަނީ އެ މީހަކަށް ކުރެވުނު ވަރެއް ކުރަމުންނެވެ.

ބައެއް މީހުން ހަތާތައް ބަހައްޓައިފައިވަނީ ފުރާޅުމަތީގައެވެ. ސަބަބަކީ ދަނޑުގޮވާން ކުރާނެ ބިން ލިބެން ނެތީމައެވެ. ނުވަތަ އެ ފަދަ ބިންތައް ހަލާކުވެފައިވާތީއެވެ.

މާމުއި ކުޅަނދުރު ހަތާ ލީ ފޮށިތަކެއް ފުރާޅުމަތީގައި ބަހައްޓައިގެން މަސައްކަތްކުރަނީ

މާމެލާމެލި އެކަށީގެންވާ ގޮތަކަށް ނެތް ސަރަހައްދުތަކުގައި މާމުއި ކުޅަނދުރު ގެންގުޅޭ މީހުން ދަނީ މާމުއި ކުޅަނދުރުގެ ފުރާނަ ސަލާމަތްކުރަން ހަކުރު ސިރަޕް އެ ސޮރުމެންނަށް ބޯންދެމުންނެވެ. ނަމަވެސް އެއީ މާމެލާމެލިން މާމުއި ކުޅަނދުރަށް ލިބޭނެ ގުދުރަތީ ކާނާ ނުވަތަ ނިއުޓްރިއަންޓްސްއެއް ނޫނެވެ.

މި ދިޔަ އެޕްރިލް ފަހުކޮޅަށް އެޅުނުއިރު ގައްޒާގެ 64 ޕަސެންޓް ބިން އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. ގައްޒާގެ ގާތްގަނޑަކަށް ދެ މިލިއަން ރަށްވެހިން "ފިތިގެން" އުޅެނީ ހަމާސްގެ ދަށުގައި އޮންނަ ހަނި އައްސޭރިއެއްގައެވެ. އެއީ ހަލާކުވެފައިވާ އިމާރާތްތަކާއި ވަގުތީ ހިޔާތަކުގައެވެ. އިންސާނުން އުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ހާލަތްތަކުގައެވެ.

މާމުއި ކުޅަނދުރު ހަތާ ލީ ފޮށިތަކެއް ފުރާޅުމަތީގައި ބަހައްޓައިގެން މަސައްކަތްކުރަނީ

މި ދިޔަ އަހަރުގެ އޮކްޓޫބަރުގައި ހަމާސް އާއި އިސްރާއީލާ ދެމެދު އެމެރިކާއިން ގާއިމުކޮށްދިން ސީޒްފަޔާއަށްފަހު އިބްރާހީމުލްދަބާ، 49، އުއްމީދުކުރީ އެތައް ޖީލަކަށް ވާރުތަވި ވިޔަފާރިއަށް އެނބުރި ދިއުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާއަށް ފެނުނީ އެއްވެސް އެއްޗެއް ނެތް ތަނެކެވެ.

"އަހަރެމެންނަށް މާމުއި ކުޅަނދުރާއި އާލާތްތަކާއި ހަތާ ލާ ފޮށިތަކާއި އަދި މާމުއި ކުޅަނދުރު އާލާކުރެވޭނެ އެއްވެސް އެއްޗެއް ނުފެނުނު،" އޭނާ ބުންޏެވެ.

މާމުއި ކުޅަނދުރު ހަތާ ލީ ފޮށިތަކެއް ފުރާޅުމަތީގައި ބަހައްޓައިގެން މަސައްކަތްކުރަނީ

"ދަނޑުވެރިކަންކުރާ ސަރަހައްދުތަކަށް ވަނުން ވެސް އަހަރެމެންނަށް މަނާ،" ސީޒްފަޔާއަށްފަހު އިސްރާއީލު ސިފައިން ތިބޭ "ރީނދޫ ރޮނގު"ގެ ތެރޭގައި "ތާށިވެއްޖެ"ކަން ފާހަގަކުރަމުން އިބްރާހީމުލްދަބާ ބުންޏެވެ.

މާމުއިގެ ވިޔަފާރި އަލުން ފަށައިގަތުންވީ ބޮޑު ހަރަދަކަށެވެ. އާލާތްތައް ނުލައި އެންމެ ތިން ހަތާ ގަންނަން ވެސް އޭނާ 10،000 ޝެކެލް (3،245 ޑޮލަރު ނުވަތަ 50،037ރ.) ހަރަދުކުރިއެވެ.

މާމުއި ކުޅަނދުރު ހަތާ ލީ ފޮށިތަކެއް ފުރާޅުމަތީގައި ބަހައްޓައިގެން މަސައްކަތްކުރަނީ

ގައްޒާގެ މެދުތެރޭ ކޭމްޕެއް ކަމަށްވާ ނުސައިރާތުގައި މާމުއި ކުޅަނދުރު ގެންގުޅޭ ފަހްދުލްދަހްދޫހު، 32، ދުވަސްތައް ހޭދަކުރަނީ ހަލާކުވެފައިވާ ހަތާ ލާ ފޮށިތައް މަރާމާތު ކުރުމުގައެވެ. އެ ފޮށިތަކަކީ ސުންނާފަތިވެފައިވާ ދަނޑުވެރި ސަރަހައްދުތަކުން ހޯދުނު ހަތާ ލާ ފޮށިތަކެވެ.

މާމުއި ހަތާ ލާ ފޮށްޓެއް

"މި ހަތާ ލާ ފޮށިތައް ހޯދީ އަހަރެން. މި ތަކެތީގެ މަތިގަނޑާއި ފޮށިގަނޑާއި ފޫތައް ވެސް ހޯދައި، ގެނެސް އަދި މަރާމާތުކުރަނީ އަހަރެން،" އޭނާ ބުންޏެވެ.

މާމުއި ހަތާ ލާ ފޮށްޓެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *