ފުރޮޅިގެން "ކަން" ދާގޮތުގެ ހަމަ، ނުލިޔެ އޮތް ބަހުގައި ދިވެހި
ފުރޮޅުމެއް މިހެނެއް ނެތޭ، ނުބުނާށިޔޭ ބަހުގައި ދިވެހި
ހުޅުޖަހައި ނައްތައިލި ބަހުރުވަ ތަކުގެ ފޮތްތައް ދައުލަތުން
ހުޅުހިފައި ދިޔައީ އަނދައިގެން ގެއްލިގެން ބަހުގައި ދިވެހި
ކާކުތޯއޭ ދެނެހުރީ ނެތިދިޔަ ނަމާ ކަންކަން ބަހުން
ތާކުގައި ކަރުދާސްކޮޅެއްވެސް އޭގެ ނެތް ބަހުގައި ދިވެހި
ކެޔޮޅުބަސް ބޭސްވެރިބަހާ ފަންޑިތަބަހާ އިރުވަރުގެބަސް
ހެޔޮގޮތަށް ނޭނގޭ ފިލާވެލިބަސް ވިޔަސް ބަހުގައި ދިވެހި
