ޔާއިލާހީ! އަޅަމެން އަދި ގައުމަށާ މިއެދޭ އެދުން
ޣާފިލުވެ މަގު ގެއްލިދާފަދަ ޙާލަތެއް ނުމެ ޖެއްސެވުން
ދީނުގައި އަޅަމެން އުޅެން ﷲ މާތްވި ކަލާމްފުޅުން
ދީނުގައި އެންގެވިގޮތަށް ސީދާމަގަށް މަގުދެއްކެވުން
ދައްކަވާފައިވާ މިދީނުގެ އެންމެ މަތިވެރި ޚުލްޤަކުން
ކަންކުރަން އަޅަމެން ޢަޤީދާ ހަރުދަނާކޮށް ދެއްވެވުން
ޖާހިލީ ހެއްލުންތަކުން މާއްދިއްޔަތަށް ގޮސް ގެއްލިގެން
ޚާއިނުންގެ "މަޅިން" ސަލާމަތްވާނެ މަގުވެސް ދެއްކެވުން
އެކުވެރީންނާ ރައްޓެހީން ރަޙްމަތްތެރީންނާ މިތުރުނާ
އެކުއުޅެން އެކުވެރިވެގެން އެންގެވިމަގުން މަގުދެއްކެވުން
ފިތުނަވެރި، ދީނުގެ ޢަދުއްވުން އެކުވެރީން ކަމުގައިބަލާ
އެކުއުޅެން ނުޖެހޭގޮތުން އަޅަމެންގެ ބޭނުން ފުއްދެވުން
އެންމެމާތް އީމާންކަމުން ﷲ ދެއްވެވި ނިޢުމަތުން
އެންމެފަހު ނިމުމާއި ހަމަޔަށްވެސް މިގޮތުގައި ލެއްވެވުން
