ރީތި ރަތް ފިނިފެންމަލެއް ހިތުގައި ވިކައިލައިފިއެ މިރޭ
ދީ ހިތަށް ފޮނިފޮނި ތަދެއް ތީރެއް ހަރައިލައިފިއެ މިރޭ
މަލުގެ ފަރިކަން، ޖާޒުބިއްޔަތު، ސިހުރުވެރި ހެލިލުންތަކުން
ކަލުގެ، ޅެން، ލަވަ، ރައިވަރުގެ ފޮނިކަން، ނަގައިލައިފިއެ މިރޭ
ހިތް މަލަށް ދޫވީ، ހިތުގެ މަލިކާގެ ރީތީން ނަލަވުމުން
ސިއްރުސިއްރުން މާ އެ ހޫރުގެ ސިފަ މަހައިލައިފިއެ މިރޭ
ތުންފަތޭ ރަތްރަތް އެއީ މަލިކާގެ، އެ މަލުގެ ފިޔަތަކީ
ތުންފަތަށް، ފިޔަތައް އެ މަލުގެ ހަނައަޅައިލައިފިއެ މިރޭ
ލޯބި ކަނދުރާއޭ އެއީ މަލިކާގެ، އެ މަލުގެ ތަނޑިއަކީ
ލޯމަރައިލައި، އަތުގެ ހާރަށް، ތަނޑި ގޮވައިލައިފިއެ މިރޭ
ޗާލު ފަރި ފިނިފެންމަލުން މަލިކާގެ ލުއި ހިނިތުންވުމެއް
ޝާހިދަށް ފެނުމާ އެކީގައި ހިތްކިއައިލައިފިއެ މިރޭ