ޢިބްރަތެއް ޙާޞިލްކުރާ ބަޔަކަށް ލިބުނު މީ ފުރުޞަތެއް
ޢިބްރަތުން ޙާޞިލުކުރަން ޤުދްރަތުގެ ރީތި ފިލާވަޅެއް
ދިވެހި ޖުމްހޫރީ ޙަޔާތަށް އައި މިއީ ބޮޑު "އިންޤިލާބެއް"
ދިވެހި ރައްޔިތުނަށް މިއީ މިންވަރުކުރެއްވެވި ރަޙްމަތެއް
ވެރިކަމެއް ހެޔޮ ނިޔަތުގައި ކޮށްދޭން އައިސް ހުރި ވެރިޔަކަށް
ޤުދްރަތުން ދެއްވާނެ ވަރުގަދަ ބާރަކާ އަދި ކާމިޔާބެއް
މިއަދުމީ ޑރ. މުޢިއްޒުގެ ވެރިކަމުގެ ރަން ދައުރަކަށް،
އިރު އަރައި އިރު މެދުޖެހުނު، ނަަޞްރާ ނަޞީބުގެ ސާޢަތެއް
"ނެތް ވަރަށް މަތި ހަށިނަގައިގެން ޤައުމުގައި އެ އުޅުނުބަޔަކު،
ވެއްޓިގޮސް ވެލިކާންޖެހުނު ޙާލަތު އެއީ، އައި ސިގްނަލެއް"
ބާރުގަދަ ވަކި ހިއްޕިފާ ހުރި، އާރުލާ ބިޔަ ގަސްތަކެއް،
ބާރު ކެނޑި ވެއްޓުން އެއީ "އިންޒާރަކުން އައި އޯޑަރެއް"
"ނަޞްރުދެއްވާނީ އެއީ، ޙައްޤަށް ކަމަށް ޤުރްއާނުގައި،
ޖައްލަރައްބީ އަންގަވާ މަތިވެރި ވަޙީގެ މި ބަސްފުޅެއް"