ރާގު: ތުޖެކިޔާސުނާ މެރެ ދިލްރުބާ
ގުދުރަތުގެ ރީތިފަޒާތެރޭ ކުދިދޫނިހެން އުދުހެން ހިނގާ
ހުދު ރަތުގެ ފެހިދިދަ ވިހުރުވޭ މަންޒަރު އަތުން ކުރަހަން ހިނގާ
މިވެށީގެ ހައްގު ކުރަންއަދާ މިވެލީގެ ހައްގަށް ވާންފިދާ
ދިވެހީންގެނަން ހެން އުފުލިދާ ހިންމަތް އިތުރުކުރަމާ ހިނގާ
އަތުކުރި އޮޅައި މާކަނޑުތެރޭ ދަތިވައި އޮޔާ ވާރޭތެރޭ
އަތުވާނެހެން ބަނދަރެއް އެދޭ ދަތުރެއް ކުރަން ކެރެމާ ހިނގާ
ގަސްތައް ދިވެހި ފެހިޒާރުގައި ރުއްތައް ހެދޭހެން ބާލުގައި
ފަސްދިން ޒަމާނުގެ ރޫޙުގައި ހައްދަން އަލުން ރުވަމާ ހިނގާ
މިނިވަންކަމުގެ ވަސްމީރުމާ ހިނިތުންވެގެން ފަރިވާނެހާ
ފިނިފެންމަލުގެ ގުލްޒާރުތައް ހައްދަން އަތުން ފެންދޭން ހިނގާ
ވިންދާ ހިތުގެ އައުރޫހަކުން ހިންދެމިނުލާ ދިވެހީން އަލުން
ގެންދާށަ އައު އުސްމިންތަކަށް އެންމެން އެކީ އެކުގައި ހިނގާ
މިނިވަން ދިވެހި ފަސްގަނޑުމަތީ މިނިވަން ދިވެހި މަސްކަނޑުމަތީ
މިނިވަން ދިވެހި ފެހިދަނޑުމަތީ ހިނިތުންވެލާން އަގުދޭން ހިނގާ
