ކުޅުދުއްފުށި ސިޓީގައި ޕިކްޕޯސްޓްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ ޕިކްޕޯސްޓްގެ ޚިދުމަތް މާލެއިން ބޭރުގައި ފެށި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ކުޅުދުއްފުށި ސީޓިގައި ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތްތައް، އެ ސިޓީއަށް އަލަށް ތަޢާރަފުކުރި ޕިކްޕޯސްޓް ޚިދުމަތާއެކު މިހާރު ވަނީ އެ ރަށު ބަންޑާރަމަގު، ސީނާ ބިލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ (ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހަނދާނީ ބިނާ ކައިރި) އަށް ބަދަލުކޮށްފައި ކަމަށެވެ.
"މި ބަދަލުގެ ސަބަބުން ކުޅުދުއްފުށި ސިޓީން ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުމާއި ޕޯސްޓްގެ އެހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއްވެ، ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ." މޯލްޑިވްސް ޕޯސްޓުގެ ބަޔާނެއްގައި ވެއެވެ.
"ޕިކްޕޯސްޓް ޚިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށްޓަކައި ޚިދުމަތް ހޯދާ ފަރާތުން ކިއުއެއްގައި މަޑުކުރަންނުޖެހި ޚިދުމަތް ހޯދުމާއި ޕާރުސަލް ނެގުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މެސެޖުގައި ހިމެނޭ ވަގުތުގެ ތެރޭގައި އެ ފަރާތަކަށް ފަސޭހަ ކޮންމެ އިރެއްގައި އައިސް ޕާރުސަލް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން، ކުޅުދުއްފުށީ ސީޓީގެ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކާއި އެހެން ރަށްތަކަށާއި ސިޓީތަކަށް ފޮނުވުމަށް ބޭނުންވާ ތަކެތި ނުވަތަ ޕާރުސަލް ޕޯސްޓް ކުރުމުގެ ޚިދުމަތާއި، ރާއްޖެއިން ބޭރު އެހެން ގައުމުތަކަށް ޕޯސްޓް ކުރުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަދި، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ހާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް"ގައި ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން އެގަންނަ ފަރާތްތަކަށް ޕޯސްޓްގެ ނިޒާމު މެދުވެރިކޮށް އިތުބާރާއި ޔަގީންކަމާއެކު ރައްދުކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. އަދި އީޓުކުރި ލޯކަލް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައްވެސް އެ ޕްލެޓްފޯރމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ."
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ރޯލް އިތުރަށް ފުޅާކުރެވި، އަދި ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާ ވީހާވެސް ކައިރިން، ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން ވެސް މޯލްޑިވްސް ޕޯސްޓުން ދެއެވެ.



advertisment

