ބައިނަލްއަގުވާމީ ކަރޯކޭ ދުވަސް ފާހަގަކުރުމަށް ހާއްސަ ޝޯއެއް އަންނަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ޑޮޓް އިވެންޓްސް އިން އިންތިޒާމްކުރާ މި ޝޯ އޮންނާނީ އެރޭ 8.15ގައެވެ. ޝޯ ބެލުމަށް، 500 މީހުންގެ އޮލިމްޕަސްގެ ހޯލަށް ވަނުމަށް ހަމަޖެހިފައި ވަނީ ހިލެއެވެ.
މާލޭ ކަރޯކޭ ލޯންޖުތަކުގައި އާންމުކޮށް ކަރޯކޭ ކިޔާ ފަންސާހަކަށް މީހުން މި ޝޯގައި ކަރޯކޭ ކިޔާނެ ކަމަށާއި އޭގެ ތެރޭގައި އިންޑިޔާ އަދި ބަންގްލަދޭޝް މީހުންވެސް ހިމެނޭ ކަމަށް ޑޮޓް އިވެންޓްސް އިން ބުނެއެވެ.
ކަރޯކޭ ދުވަސް
ބައިނަލްއަގުވާމީ ކަރޯކޭ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖުލައި 19 ވަނަ ދުވަހެވެ. އެ ދުވަސް ހަމަޖައްސައިފައި ވަނީ ކަރޯކޭ އުފެއްދި އަހަރު ކަމަށްވާ 1971 އަށް ނިސްބަތްކޮށެވެ.
19= ދުވަސް
7= ޖުލައި މަސް
1= ދުނިޔޭގެ ހުރިހާ މީހުން ލަވައިގެ ޒަރިއްޔާއިން އެކުވުން
ކަރޯކޭގެ ތާރީޚު އަދި އުފެއްދުން
ކަރޯކޭ- ޖަޕާނީ ބަހުން _kara_ = ހުސް + _okesutora_ އޯކެސްޓްރާ. މާނަ: "ހުސް އޯކެސްޓްރާ"
– 1971 ވަނަ އަހަރު ޖަޕާނުގެ ކޯބޭ ސިޓީގައި ނައިޓްކްލަބް މިއުޒިޝަނެއް ކަމަށްވާ ޑައިސުކެ އިނޯއޭ އެންމެ ފުރަތަމަ ކަރޯކޭ މެޝީން އުފެއްދި.
– 2004 ވަނަ އަހަރު އޭނާއަށް Ig Nobel Peace Prize ވެސް ލިބިފައިވޭ. އެއީ މީހުން އެކަކު އަނެކަކާ ގުޅި ތައާރަފުވުމަށް އާ ގޮތެއް ފަހިކޮށްދިނުމުން.
ކަރޯކޭ ދުވަހުގެ މުހިންމުކަން
– ކަރޯކޭ އަކީ އުފާކުރުން އެކަންޏެއް ނޫން. މިއީ:
– އިހްސާސް ފާޅުކުރުމާއި ސްޓްރެސް ކުޑަކުރުން
– ރިތަމް، މެލޮޑީ، ލިރިކްސް ސިކުނޑިއަށް ފައިދާ ކުރޭ
– އެކުވެރިކަން އާލާކުރުން – ރަހުމަތްތެރިންނާއެކު ގޭގައި ނުވަތަ ކަރޯކޭ ބާއެއްގައި ކަރޯކޭ ކިޔުން
– އިތުބާރު އިތުރުކުރުން – ކޮންމެ މީހަކަށްވެސް ލަވަ ކިޔައިލެވޭނެ މާހައުލެއް ގާއިމްކުރުން




advertisment