Support Us

ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރު އެސް.ޓީ.އޯ އިން

ނިއުޒީލޭންޑުގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރު އެސްޓީއޯއިން އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރ ހޯލްސޭލްކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން އަދި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓްތަކުން މިހާރު ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ބުނާ ގޮތުގައި ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރަކީ ސިއްހަތަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ އުފެއްދުމެކެވެ.

"އެގޮތުން، މި ކިރު ތައްޔާރު ކުރެވިފައިވަނީ ރައްކާތެރި މާހައުލެއްގައި، ތާޒާ ކަމާއެކު، އިތުރު މާއްދާތައް ނުހިމެނޭ ފަދަ ގޮތަކަށެވެ. ހަމަ އެއާއެކު، މި ރަހަ މީރު ކިރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ގިނަ މާއްދާތަކެއް ކަމުގައިވާ ވިޓަމިން އޭ، ވިޓަމިން ޑީ3 އަދި ކެލްސިއަމް ފަދަ މާއްދާތަކުން މުއްސަނދިވެފައިވާ ކިރެއް ކަމުން، އެކި އުމުރުފުރާގެ މީހުންނަށް ވެސް ބޭނުން ކުރުމަށް ވަރަށް އެކަށޭނަ އުފެއްދުމަކަށް ވެގެންދެއެވެ." އެސްޓީއޯ އިން ބުނެއެވެ.

"މީގެ އިތުރުން، މި ކިރަކީ ތަފާތު ކާބޯތަކެތި ތައްޔާރުކުރުމަށްޓަކައިވެސް ބޭނުން ކޮށްލެވޭނެ އުފެއްދުމެކެވެ. އެގޮތުން، ސައި ނުވަތަ ކޮފީއަށް އެއްކޮށްލައިގެން، ނުވަތަ ތަފާތު ފޮނި ކާއެއްޗެހި ތައްޔާރު ކުރުމަށްވެސް މިއީ ވަރަށް އެކަށޭނަ އުފެއްދުމެކެވެ. ޗޮއިސް ބްރޭންޑުގެ އެހެން އުފެއްދުންތަކާ އެއްގޮތަށް މި އުފެއްދުމަކީވެސް އިތުބާރު ހިފޭ ކޮލިޓީ މޮޅު އުފެއްދުމެކެވެ. ކޮންމެ ޕެކެޓަކީ، ހިފެހެއްޓިފައިވާ މިންގަނޑުތަކެއް ހިފަހައްޓައިގެން އުފައްދާ، ބަންދުކޮށްފައިވާ ޕެކެޓެއްކަމުން، އެއް ހަމައެއްގައި ރަހައާއި ކޮލިޓީ ހިފެހެއްޓިފައިވާކަން ކަށަވަރު ވެގެންދެއެވެ."