Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތް މަރުވީ ކަރުގައި ހިފައި، ނޭވާ ހާސްކޮށްލުމުން ކަމަށް ޑޮކްޓަރު ބުނި: އާއިލީ ވަކީލް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުޝާންތް ސިންގް މަރުވީ އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލުމުގެ ސަބަބުން ކަމަށް ސުޝާންތްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރެއް ބުނެފައިވާ ކަމަށް ސުޝާންތްގެ އާއިލީ ވަކީލު ވިކާސް ސިންގް ބުނެފިއެވެ.

ޖޫން 14 ވަނަ ދުވަހު ސުޝާންތް މަރުވީ ދަންޖެހިގެން ކަމަށް މުމްބާއީ ޕޮލިހުން ނިންމާފައިވާއިރު، އޭނާގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އޭ.އައި.އައި.އެމް.އެސްގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

ސުޝާންތްގެ އާއިލީ ވަކީލު ކަމަށްވާ ވިކާސް ސިންގް ޓްވިޓަރގައި ބުނިގޮތުގައި މިހާރު ސީ.ބީ.އައި އާ މެދު ހިތްހަމަނުޖެހޭ ހިސާބަށް ހިނގައްޖެއެވެ. އެއީ ވިކާސް ގާތުގައި ސުޝާންތް މަރުވީ އަމިއްލައަށް ނޫން ކަމާއި އޭނާ ވަނީ މަރާލައިފައި ކަމަށް މާކުރިން ޑޮކްޓަރުން ބުނެފައިވާތީއެވެ. އަދި ކަރުގައި ހިފާފައިވާކަމުގެ ހެކިތައް ސުޝާންތުގެ ފޮރެންސިކް ރިޕޯޓް ހެދުމުގެ ކުރިންވެސް އޭނާގެ ހަށިގަނޑުން ފެންނަން ހުރި ކަމަށް ވާތީވެސް މެއެވެ.

ސުޝާންތްގެ މަރުގެ ތަހުގީގު ހިނގަމުންދާ ދުވެލި ލަސްވެއްޖެ ކަމަށްވެސް އިއްޔެ ބޭއްވި ކޮންފަރެންސެއްގައި ވިކާސް ބުންޏެވެ. އަދި ހުރިހާ ސަމާލުކަމެއް މި ލިބެނީ ސުޝާންތްގެ މަރުގެ މައްސަލައާއި ގުޅިގެން ހިންގަމުންދާ މަސްތުވާތަކެތީގެ ތަހުގީގަށް ކަމަށްވެސް ބުންޏެވެ. އަދި މީގެ އިތުރުން އެން.ސީ.ބީ އިން ކުރާ ސުޝާންތް މަރުގެ ތަހުގީގުގަކީ ބޮލީވުޑް ތަރިންގެ ފެޝަން ޕެރޭޑެއްގެ ގޮތުގައި ވިކާސް ސިފަކުރިއެވެ.

"މިއަދު އަހަރުމެން މިތިބީ ހަދާނެ ގޮތެއް ނޭނގިފައި. މި މައްސަލަ މިދާ މިސްރާބެއް ނޭނގޭތީ. އާންމުކޮށް ނޫސްވެރިންނަށް މައުލޫމާތު ދޭ ބައްދަލުވުން ބާއްވާނީ ސީ.ބީ.އައި އިން. އެކަމަކު މި މައްސަލައިގައި، މިއަދާ ޖެހެންދެންވެސް ސީ.ބީ.އައި އިން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވާފައެއް ނުވޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް." ވިކާސް ބުންޏެވެ.

ސުޝާންތައް މަސްތުވާތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވަނީ ހައްޔަރުކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *