Support Us

އެބޯލާ ރޯގާ ޖެހިފައިވާ މީހެއް ޑީ.އާރް ކޮންގޯގައި އެމްބިއުލަންސަކުން މި ދިޔަ އަންގާރަ ދުވަހު ބާލަނީ

ކޮންގޯގައި އެބޯލާ ރޯގާގެ 1،300 ކޭސް، 377 މަރު

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ރޯގާގެ ކަށަވަރު 1،307 ބަލިމީހުން ފެނިއްޖެ ކަމަށާއި އެ ބަލީގައި މިހައިތަނަށއ 377 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ސިއްހީ އިދާރާތަކުން އިއްޔެ ބުނީ ރޯގާ މިހާރު ވަނީ ހަތަރުވަނަ ޕްރޮވިންސަކުން ފެނިފައި ކަމަށެވެ.

"މި ކަމުގެ ސަބަބުން އިތުރު ޕްރޮވިންސްތަކަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން މިހާރު އެބައޮތް،" އޮފިޝަލަކު ބުންޏެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނީ ސާވޭލަންސާއި ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސީން މިހާރު ދަނީ ފުޅާކުރަމުން ކަމަށެވެ. އެއީ ބަލި އިތުރަށް ފެތުރުނަނުދިނުމަށެވެ.

އެ މިނިސްޓްރީން ބުނީ ބަލި ފެތުރުމުގެ ކަންބޮޑުވުން އިތުރުވަމުންދާތީ ކޮމިއުނިޓީތަކަށް ގޮވައިލީ ޝައްކުކުރެވޭ ކޭސްތައް ވީހާވެސް އަވަހަށް ރިޕޯޓްކުރުމަށް ކަމަށާއި ސިއްހީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ބުނީ ޑީ.އާރް ކޮންގޯއިން އެބޯލާ ރޯގާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބައިނަލްއަގުވާމީ މުޖުތަމައުން ދެމުންދާ އެހީ ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

"އަވަހަށް ބަލިމީހުން ދެނެގަތުމާއި އަވަހަށް ފަރުވާދިނުމާއި އަދި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އެބޯލާ ރޯގާ އިތުރަށް ފެތުރުނަނުދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އެ އިދާރާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޮސް އަޑްހަނޮމް ގެބްރޭޔެސްއަސް ބުންޏެވެ.

ޑީ.އާރް ކޮންގޯގެ ސިއްހީ އިދާރާތަކުން ވަނީ ބޯޑަރު ސާވޭލަންސް ކުރުމަށާއި ތައްޔާރީ ހާލަތެއްގައި ތިބުމަށް އަވަށްޓެރި ގައުމުތަކަށް ގޮވައިލައިފައެވެ.

ފިޔަވަޅު އަޅަމުންދާ ހަލުއި މިނަށްވުރެ އަވަހަށް އެބޯލާ ރޯގާ ދަނީ ފެތުރެމުން ކަމަށް ޑަބްލިޔު.އެޗް.އޯއިން ކުރިން ބުނެފައިވެއެވެ.

އެ އިދާރާއިން ބުނީ އަވަށްޓެރި ގައުމުތަކުން މި ކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. ސަބަބަކީ އެބޯލާ ރޯގާކަން ޔަގީންކުރެވޭ 20 ކޭސް ޔުގެންޑާއިން ފެނިފައިވާއިރު، އެ ގައުމުގައި ދެ މީހުން ވަނީ އެ ބަލިން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *