Support Us

ސޫދާންގެ ގަރާވީ ޓައުންގައި އާރް.އެސް.އެފްގެ ހަނގުރާމަވެރިންތަކެއް

ސޫދާންގެ އަލްއުބައިދުގައި އިންސާނީ ޖަރީމާ ހިންގާފާނެ ކަމަށް އިންޒާރު ދީފި

ސޫދާންގެ ދަތުރުފަތުރާއި ސަޕްލައި ހަބެއް ކަމަށްވާ އަލްއުބައިދު ސަހަރުގައި ސަރުކާރާ ދެކޮޅު ގްރޫޕެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)އިން އިންސާނީ ޖަރީމާ ހިންގާފާނެ ކަމަށް އިންސާނީ އެހީ ދޭ ޖަމާއަތްތަކަކުން އިންޒާރު ދީފިއެވެ.

އިންސާނީ އެހީ ދޭ 38 ޖަމާއަތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އަލްއުބައިދު ސިޓީ ހިސޯރުކޮށްފައި އޮންނަތާ އެތައް މަސްތަކެއް ވެފައިވާތީ މިހާރު ބެލެވެނީ އާރް.އެސް.އެފުން އެ ސަހަރު އެއްގަމު މަގުން ހިފާފާނެ ކަމަށެވެ.

އެ ޖަމާއަތްތަކުން ބުނީ އަލްއުބައިދު ހިސޯރު ކޮށްފައި އޮންނަތާ އެތައް މަހެއް ވެފައިވާތީ އެތައް ލައްކަ އާއްމުންނަށް ކާބޯތަކެއްޗާއި ފެނާއި ސިއްހީ ފަރުވާ ނުލިބިގެން އެ މީހުންގެ ހާލަތު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

"އާރް.އެސް.އެފުން ފާހަގަ ކުރެވޭ ގޮތަކަށް އަލްއުބައިދު ހިސޯރު ކޮށްފައި އޮތް އޮތުމުން ދޭހަވަނީ އެ ސިޓީ ހިފަން އުޅޭ ކަމަށް. މި ކަމުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވުން އެކަށީގެންވޭ،" އެ ޖަމާއަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.

އެ ޖަމާއަތްތަކުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލީ މި ފަދަ އިންސާނީ ޖަރީމާއެއް ހިންގިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށެވެ.

އާރް.އެސް.އެފުން ބުނީ ގަސްދުގައި އާއްމުން އަމާޒުފަތްގަނޑަކަށް ނުހަދާ ކަމަށެވެ. އެ ގްރޫޕުން ބުނީ ސޫދާންގެ އަސްކަރިއްޔާއާ ހަނގުރާމަ ކުރަމުންދަނީ ސޫދާނަށް މަދަނީ ސަރުކާރެއް ގެންނަން ކަމަށެވެ. ނަމަވެސް ސޫދާން ސަރުކާރުން ބުނަނީ އާރް.އެސް.އެފުން ފުޅާ ދާއިރާއެއްގައި ޖަރީމާ އާއި ޓެރަރިޒަމް ހިންގާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *