ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިގޮތުން އާދަމް ޝަރީފު އައްޔަން ކުރެއްވީ ދިވެހިރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމަށެވެ. ތޯރިގް އައްޔަން ކުރެއްވީ އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމަށެވެ.
އައު ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މި ކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.



advertisment