Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާގެ ބަޔާނުގައި އެހެން ތަރިންގެ ވާހަކައެއް ނުދައްކާ: ރިއާގެ ވަކީލު

ސުޝާތު ސިންގުގެ މަރުގެ މައްސަލައިގައި ޖަލުގައި ހައްޔަރުކޮށްފައިވާ ރިއާ ޗަކްރަބަތީގެ ބަޔާނުގައި ދީޕިކާ އާއި އެހެން ބޮލީވުޑްގެ ތަރިންގެ ވާހަކަ ބުނެފައިނުވާނެ ކަމަށް ރިއާގެ ގާނޫނީ ވަކީލް ސަތީޝް މަނެޝިންދް ބުނެފިއެވެ.

ސަތީޝް މިހެން ބުނެފައި ވަނީ ދީޕިކާ ޕެޑުކޯން، ސާރާ އަލީ ޚާން، ޝްރައްދާ ކަޕޫރާއި، ރާކުލް ޕްރީތް ސިންގްގެ  ވާހަކަ ރިއާގެ ބަޔާނުގައި ވާކަމަށް މީޑިއާތަކުން ހަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިކަމުގެ ސަބަބުން މި ތަރިންނާއި އެން.ސީ.ބީ އިން ސުވާލުކުރުމަށް ހަމަޖެހިފައިވަނިކޮށެވެ.

"ރިއާ ޗަކްރަބަތީ އެއްވެސް މީހެއްގެ ވާހަކައެއް ބަޔާނުގައި ބުނެފައެއް ނުވާނެ. އެން.ސީ.ބީން ވިޔަސް އަދި އެހެން މީހަކުވެސް އެހެން ބުނެފިއްޔާ އެއީ ދޮގެއް. އަދި ރިއާ އިތުރު އެއްވެސް މީހެއްގެ ވާހަކަ ބުނެފައިވާ ކަމަކަށް އެއްވެސް ހެއްކެއް ދެއްކޭކަށްވެސް ނެތް،" މަނެޝިންދް ސީ.އެން.އެން ނިއުސް 18 އަށް އިންޓަވިއު ދެމުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދީޕިކާއާ މިއަދު ސުވާލުކުރެވޭނެއެވެ. އަދި އޭނާ މިހާރުވެސް ފުންނާބުއުސް ވަކީލުންނާއި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަނެޝިންދް އިތުރަށް ބުނާ ގޮތުގައި ރިއާ އަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގޮތަށް މަސްތުވާތަކެތީގެ ވިޔާފާރިކުރި މީހެއް ނޫނެވެ. ނަމަވެސް ތަހުގީގުން އެނގޭ ގޮތުގައި ސުޝާންތަށް އެކި ފަހަރުގެ މަތިން މަސްތުވާ ތަކެތި ފޯރުކޮށްދީ، އެތަކެއްޗަށް ރިއާ ފައިސާ ދިންކަމުގެ ހެކި އެބަހުއްޓެވެ. ސުޝާންތްގެ މެނޭޖަރު ޖާޔާ ސަހާ އާއި ރިއާއާ ދެމެދު ދެކެވިފައިވާ ވާހަކައިންވެސް މިކަމަށް ހެކި ލިބޭ ކަމަށް ތަހުގީގުން އެނގެއެވެ.

"ސުޝާންތްގެ ގޭގައި އުޅުމަކީ އެ ގޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ރިއާ ނަގަންޖެހޭ ކަމެއް ނޫން. އެހެން މީހަކަށް މަސްތުވާ ތަކެތި ފޯރޮކޮށްދިން ކަމުގެ ހެއްކެއްވެސް، ތުހުމަތެއްވެސް އަދި މިހާތަނަށް ރިއާގެ މައްޗަށް ކުރެވިފައެއް ނުވޭ. ޖާޔާ އާއި ސުޝާންތައް ރިއާ ގެނެސްދިނީ ސީ.ބީ.ޑީ ތެޔޮ. އެއީ މެރުއާނާއިން އުފައްދާ އެއްޗެއް. އަދި އެއީ މަސްތުވާ އެއްޗެއް ނޫން. އެ ފުޅީގައި ވެސް އޮންނާނެ އެހެން ޖަހާފަ،" މަނެޝިންދް ބުންޏެވެ.

ދީޕިކާއާ މިއަދު ސުވާލުކުރުމަށް ހަމަޖެހިފައިވާއިރު، ސާރާ އަދި ޝްރައްދާ އާއި ސުވާލުކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *