Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރާކުލް ޕްރީތާއި ކަރިޝްމާ ކަޕޫރާއި އަދި އިތުރު ތަރިންތަކަކަށް އެން.ސީ.ބީ އިން ޗިޓު ފޮނުވައިފި

ސުޝާންތްގެ މަރުގެ މައްސަލައިގައި ސުވާލުކުރުމަށް ދީޕިކާ ޕަޑުކޯން، ރާކުލް ޕްރީތް، ކަރިޝްމާ ކަޕޫރު، ސާރާ އަލީ ހާން އަދި ޝްރައްދާ ކަޕޫރު އެން.ސީ.ބީ އަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

ދީޕިކާ، ސާރާ އަދި ޝްރައްދާ ކަޕޫރާ ސުވާލުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. ނަމަވެސް ރާކުލް ޕްރީތާ މިއަދު ސުވާލުކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ތަރިންނާ ސުވާލުކުރުމަށް ދިގު ސުވާލު ލިސްޓެއް ހަދާފައިވާ ކަމަށްވެއެވެ. އަދި މިތަރިންނާއި ސުވާލުކުރަން ނިންމީ، ރިއާ އެން.ސީ.ބީ އަށް ދިން ބަޔާނުގައި މި ތަރިންގެ ނަންގަނެފައި އޮތުމުގެ ސަބަބުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ރިއާގެ ގާނޫނީ ވަކީލް ދޮގުުކުރެއެވެ.

އެން.ސީ.ބީ އިން އިއްޔެ ވަނީ ހަތަރު ގަޑިއިރު ވަންދެން ފެޝަން ޑިޒައިނަރު ސިމޯން އަދި ސުޝާންތްގެ ކުރީގެ މެނޭޖަރު ޝްރޫތީ މޯޑީއާއި ވަނީ ސުވާލުކޮށްފައެވެ. ރާކުލް އާއި ސުވާލުކުރަން ހަމަޖެހިފައިވީ ނަމަވެސް އިއްޔެ އޭނާ ހާޒިރެއް ނުވެއެވެ. އޭނާ ފުރަތަމަ ބުނިގޮތުގައި އެން.ސީ.ބީ އަށް އައުމަށް ޗިޓު ކޮޅެއް އޭނާއަކަށް ނުލިބެއެވެ. ނަމަވެސް މިހެން ބުނިތާ އިރުކޮޅެއް ފަހުން ޗިޓު ލިބިއްޖެ ކަމަށް ރާކުލް ބުންޏެވެ.

ސުޝާންތްގެ މަރުގެ ތަހުގީގުގެ ތެރެއިން، މަނީ ލޯންޑަރިންގެ މައްސަލައެއް އީޑީ އިން އެދިގެން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *