ތަރިތަކުގެ ވިދުމާއި ބެބުޅުން އަހަންނަށް ފެންނަނީ ތިބާގެ ދެލޮލުންނެވެ.
އެ ވިދުމާއި ބެބުޅުމުގެ އުޖާލާކަން އަހަންނަށް ލިބެއެވެ.
ވީ އިރު އަހަރެން ތަރިތަކަށް ބަލަން ވީ ކީއްކުރަން ހެއްޔެވެ؟
ހަނދުގެ ރޯޝަނީ ހަނދުވަރު އަހަންނަށް ފެންނަނީ ތިބާގެ މޫނުންނެވެ.
އެ ހަނދުވަރުގެ އުޖާލާކަން އަހަންނަށް ލިބެއެވެ.
ވީ އިރު އަހަރެން ހަނދަށް ބަލަން ވީ ކީއްވެ ހެއްޔެވެ؟
އޭ ރޭގަނޑަށް ފިޔަޖަހާ ތަރިތަކާއެވެ.
އޭ ކަޅުފޮއި ރޭރެއަށް އުޖާލާ ހަނދުވަރުދޭ ހަނދާއެވެ!
ބިންމަތީގައިވާ އަހަރެންގެ ރާނީ ތިބާމެންނަށް އެބަ ފެނޭ ހެއްޔެވެ؟
އުޖާލާކަމާއި ނަލަކަމާއި ޒީނަތްތެރިކަމުގައި އޭނާ ތާޖުމަހަލްފަދައެވެ.
