މީރާގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓަރު ކަމަށް ޒަރީރު މި އައްޔަންކުރެއްވީ މިހާތަނަށް އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު، ސިއްހީ ސަބަބުތަކަށްޓަކައި މިއަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އައު ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޒަރީރު ސޮއިކުރެއްވިއެވެ.



advertisment