ގޯހަކުން ވާނީއުފަން ފަހުވަގުތުގައި ވެސް ގޯހެކޭ
ގޯހަކާ ކުރިމަތި ނުލާށޭ ! ގޯހެކޭ ރޯގޯހެކޭ
މައިންބަފައިންނާ އަނބިދަރީންނާ ގާތްތިމާގެއަޚުން އުޅޭ
ވައިފެނަށް ދިނުމީ ކިލަނބުކަން ހާދަހާ ބޮޑު ގޯހެކޭ
އޭނައަށްދޭ ދެރައަކަށް އަދި މީނައަށް ގޮންޖެހުމަކަށް
ލޭފަވެތި މަންމަގެ ބޮލަށް ބަދުނާމު ދިނުމީ ގޯހެކޭ
މޫނުގައިލީ ލަކުނު ފޮރުވަން ދޫނުކޮށް މުޅި އުމުރުގައި
މޫނުބުރުގާ ގަސްދު ކުރުމީ ފޫނުބެއްދޭ ގޯހެކޭ
ގައިގެ ބާރާ ހަކަތަ ހުއްޓަސް ބާރުލައިފާ ކޮނޑުހުޅަށް
މައިބަދައިގާ ގުއްޓު އެޅުމީ ދާއިމަށް އޮތް ގޯހެކޭ
ރީތިނަމަކުން ކީ ސަނާގައި މީހަކަށް ދުރު، ފުދި ތިމާ
ޖީބުތެރެއަށް ވެއްޓިގަތުމީ ރީތިނޫން ހަޑި ގޯހެކޭ
ހަރުފަ އަށް ހޭހަން ކުރީމާ ހީފިލައިގެން ތެދުވެފާ
ކަރުމަރަށް ނުހިފާނެ ކަމުގައި ހީވުމީ މަރުގޯހެކޭ
