Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތު މަސްތުވާތަކެތި ހޯދަން އޭނާގެ އެންމެ ގާތް މީހުންގެ ނާޖާއިޒް ފައިދާ ނެގި: ރިއާ

ސުޝާންތަކީ މަސްތުވާތަކެތި ހޯދުމަށްޓަކައި އޭނާގެ އެންމެ ގާތް މީހުންގެ ނާޖާއިޒް ފައިދާ ނަގާފައިވާ މީހެއް ކަމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ފިލްމީ ތަރި ރިއާ ތުހުމަތުކޮށްފިއެވެ. އަދި މި މައްސަލައިގައި އެން.ސީ.ބީ އިން ރިއާ ހައްޔަރު ކުރީ އެއްވެސް އޮއްޓަރު ހުރި ހެއްކެއް ނެތި، އޭނާ އާއި ޖައްސާލުމުގެ ގޮތުން ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

މުމްބާއީގެ ބައިސޫލާ ޖަލުގައި ދެ ހަފްތާ ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ބަންދުގެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން ކޯޓުން އިއްޔެ ވަނީ ރިއާގެ ބަންދުގެ މުއްދަތު 6 އޮކްޓޯބަރަށް އިތުރުކޮށްފައެވެ. އެހެންވެ ރިއާ ވަނީ ކަފާލާތަށް އަނެއްކާ ވެސް އެދިފައެވެ. ކަފާލާތުގެ އަޑުއެހުން އޮންނާނީ ބޮމްބޭ ހައި ކޯޓުގައި މާދަމާއެވެ. ރިއާގެ އިތުރުން އޭނާގެ ބޭބެގެ ވެސް ކަފާލާތުގެ އަޑު އެހުން މިއަދަށް ހަމަޖައްސާފައި އޮތް ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން އަޑުއެހުން މާދަމާއަށް ލަސްކުރީއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެން.ސީ.ބީ އިން ރިއާ ހައްޔަރު ކުރީ ޖޫން 14 ގައި އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނު ސުޝާންތައް މަސްތުވާތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ.

"މަސްތުވާތަކެތި ބޭނުންކުރީ ހަމައެކަނި ސުޝާންތު. އޭނާ އެ ހޯދީ އޭނާގެ މުވައްޒަފުން ލައްވާ. އޭނާ މިއަދު ދިރިހުރިނަމަ، އޭނާ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައިގައި ހައްޔަރުކުރެވޭނެ. މަދު އަދަދެއްގެ މަސްތުވާތަކެތި ބޭނުންކުރުމަކީ ބެއިލް ލިބޭ ކުށެއް ނަމަވެސް، 1 އަހަރު ވަންދެން ޖަލަށް ދާން ޖެހިދާނެ ކުށެއް،" ރިއާ ކަފާލާތަށް ހުށަހެޅި ލިއުންތަކުގައި ބުންޏެވެ.

ރިއާ އިތުރަށް ބުނެފައިވާ ގޮތުން މަސްތުވާ ތަކެތި ބޭނުންކުރި މީހާއަށް ލިބޭ އަދަބަކީ 1 އަހަރުގެ ޖަލު ހުކުމަކަށް ވާއިރު، މަސްތުވާ ތަކެތި ބޭނުންނުކޮށް އެއަށް ހަރަދުކުރި މީހަކަށް 20 އަހަރުގެ ޖަލު ހުކުމެއް އައުމަކީ ވަރަށް ހެއްވާ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ.

ރިއާ ބުނާގޮތުން ސުޝާންތް މަރުވުމުގެ ތިން ދުވަސް ކުރިން ގަންޖާ ރޯލް ތަކެއް ތައްޔާރުކޮށް އޭނާގެ ކޮޓަރީގައި ބެހެއްޓުމަށް އޭނާގެ ކައްކާ ގާތު އެދިފައިވެއެވެ. އަދި ކައްކާ ނީރާޖް އެ ރޯލްތައް ތައްޔާރުކޮށް، ފޮއްޓަކަށް ލައި ކޮޓަރިއަށް ގެންދިޔަކަން ސީ.ބީ.އައިއާ ހިއްސާކުރި ކަމަށާއި ފަހުން ތަހުގީގު ކުރިއިރު އެ ފޮށި ހުސްކޮށް ހުއްޓާ ފެނިފައިވާނެ ކަމަށްވެސް ރިއާ ބުންޏެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން މަސްތުވާ ތަކެތި ބޭނުންކުރީ ހަމައެކަނި ސުޝާންތް ކަމުގެ ހެކި ލިބޭ ކަމަށާއި ދެން ތިބި މީހުންނަކީ ހަމައެކަނި އޭނާއަށް އެ ހޯދައިދިން މީހުން ކަމަށް ހެކި ލިބޭ ކަމަށްވެސް ރިއާ އޭނާގެ ކަފާލާތަށް އެދެމުން ބުންޏެވެ.

ރިއާގެ 47 ސަފުހާގެ ބެއިލް ޕެޓިޝަނުގައި ބުނެފައިވާ ގޮތުން ސުޝާންތްގެ އާއިލާއިން އޭނާ ބާކީކޮށްލީ ސުޝާންތް ނަފްސާނީ ގޮތުން އެންމެ ބަލިކަށިވި ދުވަސްވަރު ކަމަށްވެސް ބުންޏެވެ. އަދި ރިއާ އާއި ސުޝާންތާ ބައްދަލުވުމުގެ ކުރިންވެސް ސުޝާންތަކީ ގަންޖާ ބޭނުން ކުރުމަށް ދެވި ހިފާފައި ހުރި މީހެއްގެ ގޮތުގައި ސިފަކުރިއެވެ.

ޕްރޮސެކިއުޝަނުން ބުނާގޮތުގައި ރިއާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ރިއާގެ ޕެޓިޝަންގައި ވާގޮތުން ރިއާ އަކީ މި މައްސަލައިގައި އެހާ ސީރިއަސް ކުށެއް ކޮށްފައިވާ މީހެއް ނޫނެވެ. އަދި މިހާރު އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ އެންމެ މީހަކަށް މަސްތުވާތަކެތި ދިނުމަށް ބައެއް ފަހަރު ފައިސާ ދީފައިވާ މީހަކާ އެކަށޭނަ ދައުވާތަކެއް ނޫން ކަމަށްވެސް ރިއާގެ ޕެޓިޝަނުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *