Support Us

ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ދެ ރައީސުން ގަސް އިންދަވައިފި

ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ދެ ގައުމުގެ ރައީސުން މިއަދު ގަސް އިންދަވައިފިއެވެ.

ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައެވެ. މި ރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދެވީ "ހޯސްފީލްޑިއާ އިރީއޫގެޑީ" ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ޚާއްޞަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަހެކެވެ.

މި ގަސްއިންދުމުގެ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.

ލަންކާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ޖުލައި 26 ގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *