Support Us

ޑިފެންސް މިނިސްޓަރު ކަމަށް ޙަސަން ރަޝީދު

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް ޙަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ތ. ވިލުފުއްޓަށް އުފަން ޙަސަން ރަޝީދު ވަނީ 2012 ގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒެވެ. ޙަސަން ރަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދުގެ ބޭބެއެވެ. އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އަރިސް، އާއިލީ ބޭފުޅެކެވެ.

ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

ޖުމްލަ 21 މެމްބަރުންގެ ވަޒީރުންގެ މަޖިލީހުގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ ބަދަލުތަކެއް ގެންނަވައިފައެވެ. އަދި އިއްޔެ ވަނީ 12 ވަޒީރަކަށް މަޤާމުގެ ފަތްކޮޅު ދެއްވައިފައެވެ. މިއަދު ވަނީ ދެ ވަޒީރެއް އައްޔަން ކުރައްވައިފައެވެ.

މި 14 ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވަނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *