އަޙްމަދު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައިވާ އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ. އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ބަހާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވަލޮޕްމަންޓް، ހުޅުމާލެ ޕޮލިސް ސްޓޭޝަން އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑު ފަދަ ބަހާތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.