18:20
މިއަދު ބޭއްވި އިންތިހާބުގެ ވޯޓުލުމަށްފަހު، މާދަމާ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެ ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުގެ ދެންނެވުމެއްގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ "ލޯކަލް ކައުންސިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުވައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތެރިވާތީ، އެޕްރީލް މަހުގެ ފަހެއް ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީވެއެވެ. އަދި އިންތިހާބަށްފަހުގައި ވެސް އިންތިހާބާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެޕްރީލް ހައެއްވާ ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީވެއެވެ."




advertisment